ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން ބާއްވާ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މަހާސިންތާ ކުރިއަށް ގެންދަނީ "ބީއެމްއެލް އިސްލާމިކް މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026" ނަމުގަ އެވެ.
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
މި މަހާސިންތާގައި މުޖުތަމަޢުއަށް ޚިދުމަތް ކުރުމުގެ މުހިއްމުކަމާއި މަދަނީ ޖަމްޢިއްޔާތަކުގެ މެދުގައި ގުޅުން ގާއިމުކުރުމުގެ މައްޗަށް ތަފާތު ވޯކްޝޮޕް ތައް ކުރިއަށް ދާނެކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް