އއ.ތޮއްޑޫ... ފޮޓޯ: ވޮއިސް
އއ.ތޮއްޑޫ... ފޮޓޯ: ވޮއިސް
ހަބަރު 07 Dec 2025 | 10:20

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިންގުން ވަނީ ބޮއްސުންލާފައި: އޮޑިޓް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް އަހަރެއްވެގެން ދިޔައިރުވެސް، ކައުންސިލް އިދާރާއަށް ބަރޯސާނުވެ ކުންފުންޏަށް ލިބޭ އެއްޗަކުން ކުންފުނި ހިންގުމުގެ ނިޒާމެއް ގާއިމްކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ބުނެފިއެވެ.

އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ އއ.ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ތޮއްޑޫ ލޯކަލް އޮތޯރިޓީގެ މާލީބަޔާން ތައްޔާރުނުކުރުމުން މާލީ ހާލަތު ވަޒަންކުރެވޭނެ އަސާސެއް ނެތްކަމަށެވެ. އަދި ކުންފުނީގެ ހިންގުން ވަނީ ވަރަށްބޮޑަށް ބޮއްސުންލާފައި ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައވެެ.

ކުންފުނީގެ ހިންގުން ވަރަށް ދޯދިޔާކަން ފާހަގަކުރައްވަމުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނި، ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މާލީގޮތުން ކުރިއަށްގެންދިއުމަށް ކައުންސިލްގެ އިދާރާއިން ގިނަ އަދަދެއްގެ ފައިސާ އެކުންފުންޏަށް ދެމުން ގޮސްފައިވާކަމަށެވެ. ކުންފުނި ދެމެހެއްޓުމަށްޓަކައި ކުންފުނީގެ އޮޕަރޭޝަންތަކުން ހިންގޭވަރަށް އާމްދަނީއެއް ލިބިގެންދިއުމަކީ މުހިންމުކަމެއްކަން ފާހަގަކުރަމުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުން ފެށިގެން ނިމިގެންދިޔަ 2024 ވަނަ އަހަރު ކުންފުންޏަށް 5.3 މިލިއަން ރުފިޔާ ލިބުނުއިރު މީގެ ތެރެއިން 2 ލައްކަ ރުފިޔާއަކީ ކައުންސިލް އިދާރާއިން ލިބިފައިވާ ފައިސާކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް އާމްދަނީ ހޯދުމުގެ ގޮތުން ގަނެފައިވާ ބައެއް ތަކެތި ވިއްކާފައިވަނީ ވިޔަފާރި ކުރުިއަށްގެންދެވޭ ވަރަށްވުރެ ކުޑަ މާޖިންއެއް ލައިގެންކަމަށެވެ. މީގެ އިތުރުން ކްރެޑިޓް ދޫކުރުމުގެ އުސޫލެއްނެތި މުއައްޒަފުންގެ މަސްލަހަތު އޮންނަ ތަންތަނަށް ކްރެޑިޓަށް ތަކެތި ދޫކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އަދި ކުންފުނިން ވިއްކުމަށް ގެނައި ކޮންސްޓްރަކްޝަން މެޓީލިއަލްސްތައް މަގުމަތީ ބެހެއްޓުމާއި، ކުންފުންޏަށް ޕިކަޕެއް ގަތުމަށް ހަރަދުވާނެ ފައިސާ އާއި ގާތްކުރާ އަދަދަކަށް ޕިކަޕެއް ކުއްޔަށް ނެގުމަށް ހަރަދުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުންފުންޏަށް ވިޔަފާރިއާ މާލީ ލަފާ ދިނުމުގެ ކޮންސަލްޓެންސީ އެއްބަސްވުމާއި އެއްގޮތަށް ހިދުމަތް ލިބުނުކަން ލިޔުމުން އެނގެން ނެތީސް ފައިސާ ހަރަދުކޮށްފައިވުމާއި، ކުންފުނިން ބަލައިގަންނަންޖެހޭ ފައިސާ ކުންފުނީގެ މުއައްޒަފެއްގެ ޕާސަނަލް އެކައުންޓަށް ޖަމާކުރުމަށްފަހު ކުންފުނީގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ ކުންފުނީގެ ބޯޑު މެމްބަރުން، ކުންފުނީގެ ދުވަހުްނ ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާގޮތަށް  ބޯޑުން ނިންމައި މުސާރަ ނަގަމުންދިޔަކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދުގައި ބުނާގޮތުން މިގޮތަށް އުފައްދާ ކޮންމެ ކުންފުންޏެއްވެސް މެނޭޖިންގ ޑިރެކްޓަރު ފިޔަވައި އެހެން ހުރިހާ ޑިރެކްޓަރުންނަކީ ކުންފުނީގެ ވަޒީފާއެއް އަދާކުރާ، ދުވަހުން ދުވަހަށް އުފުލަންޖެހޭ އެއްވެސް ޒިންމާއެއް ކަނޑައެޅިފައިވާ ޑިރެކްޓަރަކަށް ވެގެން ނުވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...