އަންނަ އަހަރުގެ ސައުތު އޭޝިޔަން ޔޫތް ސަމިޓް ރާއްޖޭގައި!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޓަރނޭޝަނަލް ޔޫތް ކޮމެޓީން ބާއްވާ ސައުތު އޭޝިޔަން ޔޫތް ސަމިޓް، އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ސަމިޓް ރާއްޖޭގައި ބޭއްވުމަށް އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކޮޅުނބުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިޔަން ޔޫތް ސަމިޓްގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޔޫތް،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މި ސަމިޓް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ސޮއިކޮށްފައިވާ ކަމަށާއި، އެހެންކަމުން އަންނަ އަހަރުގެ ސަމިޓަށް ރާއްޖެއަށް 200 އެއްހާ ބައިވެރިން އަންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
މި ސަމިޓް އަތޮޅު ތެރޭގެ ރަށެއްގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މަހުލޫފްވަނީ ވިދާޅުވެފައެވެ. އަދި މިއީ ޒުވާނުންގެ ބާރުވެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ސައުތު އޭޝިޔަން ޔޫތް ސަމިޓްގައި ރާއްޖެ ތަމްސީލުކުރަނީ ރަފީ ޖަމިއްޔާގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް