މަންފާއިން މުހިންމު މަސައްކަތެއް؛ ރަށު ފަތުރުވެރިކަން ފުޅާ ރަށްތަކުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާއިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމައިފި އެވެ.
މަންފާ އިން އެކަން މިރޭ ވަނީ ހާމަކޮށްފަ އެވެ. އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ވަނީ ރަށު ފަތުރުވެރިކަމުގައި އެންމެ މަގުބޫލު އަދި އެ ވިޔަފާރި އެންމެ ފުޅާކޮށް އޮތް ކ. މާފުށީ ކައުންސިލާއި މަންފާ އިން ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލްވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އަދި ކުރިއަށް އޮތްތާ އެ ޖަމިއްޔާއިން ރަށު ފަތުރުވެރިކަން އެންމެ ފުޅާކޮށް ހިންގާ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލްކޮށް ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތައް ބެހެއްޓުމަށް މަޝްވަރާ ކުރާނެ ކަމަށް ބުންޏެވެ.
މަންފާ ޖަމިއްޔާއިން ގެންދަނީ މުޅި ރާއްޖޭގައި ދައުވަތުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. އެ ޖަމިއްޔާއިން އަމާޒު ހިފާފައިވަނީ ދައުވަތުގެ މަސައްކަތް އެހެން ލެވެލްއަކަށް ގެންދިއުމަށެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ތަފާތު ކޮންސެޕްޓަށް ދީނީ އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

އެ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ. މަންފާ އުފެދި މިވީ އެއް އަހަރުތެރޭ އެ ޖަމިއްޔާ ވެފައިވަނީ ދައުވަތުގައި އެންމެ މަގުބޫލު ޖަމިއްޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް