މިއަދު މިގޮތަށް ހަނީ ޗިކަން މީރު މީރުކޮށް ތައްޔާރު ކޮށްލަމާ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިއަދު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ ހަނީ ޗިކަން ތައްޔާރު ކޮށްލާނެ ގޮތެވެ. ހަނީ ޗިކަން އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، އެހާމެ މީރު ކެއުމެކެވެ. ތައްޔާރު ކޮށްލަންވެސް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ.
ބޭނުންވާނެ ތަކެތި:
1 ޗިކަން ބްރެސްޓް (2 ފަޅިއަށް ފަޅާފަ)
1/2 ސައި ސަމްސާ ލޮނު
1/2 ސައި އަސޭމިރުސް (މުގުރި)
1 ސައި ސަމުސާ ހިކި މިރުސް (މުގުރި)
1/2 ސައި ސަމުސާ ލުނބޯ ހުތް
3 މޭޒު މަތީ ސަމްސާ ބަޓަރ
2 ސައި ސަމްސާ ލޮނުމެދު (ހިމުންކޮށް ކޮށާފަ)
2 މޭޒު މަތީ ސަމްސާ މާމުއި
ކުޑަ ފުއް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
1) ކުކުޅު ކޮޅުގައި ލޮނު، އަސޭމިރުސް، ލުނބޯހުތް އަދި މުގުރި މިރުސް ހޭކުމަށްފަހު ފުއްކޮޅުގައި ދެފުއް ރަނގަޅަށް ހާކާލާށެވެ.
2) ދެން ތަވަޔަށް ބަޓަރ އެޅުމަށްފަހު 1 ސައި ސަމުސަލުގެ ލޮނުމެދު އަޅައި ކުޑަކޮށް ފްރައި ކޮށްލާށެވެ.
3) އެއަށްފަހު ކުކުޅު މަސްގަނޑު އެއަށް ލައި ރަން މުށި ކުލަ އަރަންދެން ރޯފިލުވައި ކައްކާލާށެވެ.
4) ކުކުޅު ރޯފިލުމުން ބާކީ ހުރި 1 ސައިސަމުސާ ލޮނުމެދު އަދި މާމުއި އެޅުމަށްފަހު 10 ވަރަކަށް މިނެޓް ވަންދެން ކައްކާ ކުކުޅުކޮޅު ރަނގަޅަށް ކެރަމަލް ކޮށްލާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް