މުހައްމަދު އިސްމާއީލް އަދި ކުރީގެ ސީޕީ ހަމީދު
މުހައްމަދު އިސްމާއީލް އަދި ކުރީގެ ސީޕީ ހަމީދު
ހަބަރު 17 Mar 2024 | 05:27

“ހަމިީދު ވަނީ ފުލުންގެ މުއައްސަސާގެ އަގު ވައްޓާލައި އިންޓެލިޖެންސް މައުލޫމާތު ބޭނުން މީހަކަށް ބަހަާފައި”

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި މުހައްމަދު ހަމީދު ހުންނެވި އިރު އޭނާ ވަނީ ފުޅުހުންގެ މުޅި މުވައްސަސާގެ އަގުވައްޓާލައިި، އިންޓެލްޖެންސް މައުލޫމާތް ހިތުހުރިގޮތަކަށް ބޭނުން މީހުންނަށް ބަހާލާފައި ކަމަށް ޕީޕީއެމް/ ޕީއެންސީގެ ހަތަކާތު ކޮމިޓީގެ ޗެެއަރ މުހައްމަދު އިސްމައިލް ތުހުމަތު ކުރައްވައިފިއެވެ.

މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ ސިފައިންގެ އަސްކަރިއްޔާއަށް އިތުރު ކުރި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) އާއެކު އިންޓެލިޖެންސް މައުލޫމާތު ދޭ ނިޒާމު ހަރުދަނާ ކުރަން ޖެހޭ ކަމަށް ހަމީދު ވިދާޅުވުމާއި ގުޅިގެން އެކްސްގަައި ކުރެއްވި ޕޯސްޓެއްގައެވެ.

މަނިކުފާންގެ ސީޕީ ކަމުގަ ފުޅުހުންގެ މުޅި މުވައްސަސާގެ އަގުވައްޓާލާ ތިޔަވިދާޅުވި އިންޓެލްޖެންސް މައުލޫމާތް ހިތުހުރިގޮތައް ތިމާއާޢި ތިމާގެ ޅިއަނުގެ ވެރިކަންދިފާއުކުރުމަށް ހިތުހުރިމީހަކައް ހިތުހުރިވަގުތެއްގަ މައުލޫމާތު މީ މިނިވަން މުސްތަގިއްލު ގައުމެށްކަން ހަނދާނުގަ ނެތިގެންތޯ ؟ ނޫނީ ރައްޔިތުން ފުލުހުންގެ މުވައްސަސާއައް ކުރަމުންދިޔަ އިހްތިރާމާ ގަދަރާ އިތުބާރު ގެއްކުވާލުމުގެ؟ މިއަދު ނިކުމެ އަނގަފުޅާކުރަން ލަދެއްނުގަނޭތޯ

މުހައްމަދު އިސްމާއީލް

ސިފައިންގެ ވައުގެ ބާރު އުފެއްދުމާއި ގުޅިގެން އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަމީދު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ގެނައި ޔޫއޭވީތަކާއެކު ގައުމީ ސަލާމަތަށް ލިބުނު ރައްކާތެރި ކަމަށްޓަކައި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އަދި ޔޫއޭވީގެ ގާބިލުކަން ފުރިހަމައަށް ހިފަން ޖެހޭކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށް ގައުމީ ސަލާމަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް ގެނައި ޔޫއޭވީތައް ހުކުރު ދުވަހުގެ ރޭ ދައްކާލިއިރު، މި އުޅަނދުތައް އޮޕަރޭޓުކުރާނީ އެމްއެންޑީއެފް އެއާ ކޯ އިންނެ އެވެ. އެކަމަށްޓަކައި އެ ސިފައިން ވަނީ ތުރުކިޔޭ އިން ޚާއްސަ ތަމްރީނެއް ހަދާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.