ގދ.ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގދ.ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދުން ފެށިގެން ދޭން ފަށާފައިވާކަމަށެވެ. ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށާފައިމިވަނީ ދިވެހި ޕާސްޕޯޓްގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުންނެވެ.
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށުމާ ގުޅިގެން އިމުގާ މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމަށްފަހުވެސް އެރަށުން މިހާރު ޕާސްޕޯޓް ނެގޭނެއެވެ.
ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މިޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް