ވަޒީރު ޢަލީ އިޙްސާން
ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ވަޒީރު ޢަލީ އިޙްސާން ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ހަބަރު 16 Nov 2026 | 16:47

އައު ބިލުގައި 'ރެސިޑެންޓް ވިސާ' އެއް ނެތް، ދައުރުވަނީ ދޮގު ވާހަކަތަކެއް: ވަޒީހު އިޙްސާން

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށާއި، އެއީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ގާނޫނަށް ހުށަހެޅުމަށް ވިސްނާފައިވާ އިބާރާތްތަކެއް ނޫން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އަލީ އިހްސާން ވުދާޅުވެއްޖެއެވެ.

ވަޒީރު ޢަލީ އިޙްސާން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފްހާގެ މައްޗަށް އެކުލެވިގެންވާ މުޅިން އައު އިމިގްރޭޝަން ބިލެއް ކަމަށެވެ. މީގެއިތުރުން، މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ފަދައިން، "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް އެ ބިލުގައި ހިމަނާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަނަކީ ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި ގައުމީ ސަލާމަތާ ގުޅިފައިވާ ނުހަނު ހައްސާސީ މަސައްކަތްތަކެއް ކުރަމުން އަންނަ މުހިންމު އިދާރާއަކަށް ވާއިރު، އެ އިދާރާއާ ގުޅުވައިގެން މިފަދަ ހަގީގަތެއް ނެތް ދޮގު ވާހަކަތައް ނުފެތުރުމަށް އިހްސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިމިގްރޭޝަންގެ އައު ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
16 Nov 2026 ހަބަރު

އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުން ޤައުމަށް އާމްދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއީ އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ
16 Nov 2026 ހަބަރު

ފަންނީ މަޝްވަރާ މަޖިލީހާއި ކޮމެޓީތައް އެކުލަވާލާނެ އުސޫލެއް، މެންބަރުންނަށް އުޖޫރައެއް ނުދޭނެ

މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޕީއެންސީއާ އަދާލަތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފި
16 Nov 2026 ހަބަރު

ޕީއެންސީއާ އަދާލަތު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް އެކުލަވާލާ ސޮއިކޮށްފި

އެެއްބަސްވުމުގައިވާ ހުރިހާ ކަމެއް ދެ ޕާޓީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު
16 Nov 2026 ހަބަރު

މާސްޓަރސްއަށް ކިޔެވުމަށް ޗައިނާއިން ދިވެހިންނަށް 200 ފުލް ސްކޮލާޝިޕްގެ ފުރުސަތު

މި ސްކޮލާޝިޕްތަކަކީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ އެހީގައި ދިވެހިންނަށް ހުޅުވާލާފައިވާ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކެކެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ، ޕްރޮގްރާމްތަކެކެވެ

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތަށް ދިނުމުގެ މަޝްވަރާއެއް ނުހިނގާ: އަދާލަތު
16 Nov 2026 ހަބަރު

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތަށް ދިނުމުގެ މަޝްވަރާއެއް ނުހިނގާ: އަދާލަތު

އެ ޕާޓީން ބުނީ ‏ސަރުކާރާއި ޢަދާލަތު ޕާޓީއާ ދެމެދު މިފަދަ އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށެވެ.

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން
16 Nov 2026 ހަބަރު

ޕާސްޕޯޓް ނިމިފައިވާނަމަ، ލަސްނުކޮށް އަވަހަށް ބަލާ އާދޭ: އިމިގްރޭޝަން

ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ 6 މަސްދުވަހުގެ މުއްދަތައްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު އޮންނަ އުސޫލުގެ މަތިން ޕާސްޕޯޓް ނައްތާލެވޭނޭކަމަށެވެ

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
14 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފުލުހުން ވަނީ، މިއަދު މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، ފުލުހުން ބުނީ އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިން މިހާރު ފަށާފައިވާކަމަށެވެ

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.