ޗީފް ސްކައުޓުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ޗީފް ސްކައުޓުގެ މަގާމު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުކުރައްވައިފިއެވެ.
މި މަގާމު އެމަނިކުފާނު ގަބޫލުފުޅު ކުރައްވާފައިވަނީ މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ކައުންސިލްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި މަގާމު ރައީސް ގަބޫލުކުރެއްވުމާއި އެކު އެމަނިކުފާނަށް ވަނީ މަގާމުގެ ރަމްޒީ ސްކާފެއް އަރުވާފައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓްގެ ޙަރަކާތްތައް ކުރިޔަށްގެންދިޔުމުގައި ނެޝަނަލް ސްކައުޓް ކައުންސިލަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ރާއްޖޭގައި ސްކައުޓްގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ކުރިޔަށް އޮތް އަހަރު ސްކައުޓް ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ރައީސްއާއި ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް