މާލެސިޓީގައި ގޮވާމުން ފިތުރުޒަކާތް ބަހަން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލެސިޓީގައި ގޮވާމުން ފިތުރުޒަކާތް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މިފަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނުގެ އިމާރާތުގައެވެ.
ޒަކާތު ހައުސްއިން ބުނީ މިތަކެތި ބެހުމަށް ނިންމާފައިވަނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެސިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
ޒަކާތް ބެހުމަށް ނިންމާފައިވާ ގަޑިތަކަކީ، މާދަމާގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ. އަދި މެންދުރުފަހު 13:00 އިން ފެށިގެން 13:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތަކުންނެވެ. އެއީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް