ސަރަހައްދުގައި ހުރި އަދުއްވުންގެ މަރުކަޒުތަކަށް އީރާނުގެ މިސައިލް ހަމަލާއެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އީރާނުން އަނެއްކާވެސް އެޤައުމުގެ ކައިރީ ސަރަހައްދުތަކުގައި ހުރި އަދުއްވުންގެ މަރުކަޒުތަކަށް މިސައިން ހަމަލާތަކެއް ދީފިއެވެ.
މިފަހަރު އީރާނުން ހަމަލާދީފައިވަނީ ކުވައިތު އަދި ބަހުރޭނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށެވެ. މިކަން އީރާނުގެ ރިވެލިއުޝަނަރީ ގާޑް ކޮޕސްއިން ވަނީ ޔަގީންކޮށްދީފައެވެ.
އަލްޖަޒީރާއިން ބުނީ އީރާނުގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އަސްކަރީ ރާޑަރުތައް ހިމެނޭކަމަށެވެ. މި ހަމަލާތައް ކާމިޔާބުކަމާއެކު އޭގެ އަމާޒަށް ވާސިލްވިކަމަށްވެސް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ. ހަމަލާދިންކަން ރިޕޯޓްކުރުމުގެ ކުރިން އެމެރިކާއިން ވަނީ އީރާނުގެ ޑްރޯން ހަމަލާއެއް ނާކާމިޔާބުކޮށްލިކަމަށް ބުނެފައެވެ.
އީރާނުން މި ދިން ހަމަލާތަކާ ގުލޭގޮތުން އެޤައުމުން ބުނެފައިވަނީ، އެމެރިކާ އާއި އެޤައުމުގެ ބައިވެރިން ހޮރްމޫޒް ކަނޑުއޮޅިތެރެއަށް ވަދެގަނެ އީރާނުގެ ބޯޑުތަކަށް ބިރުދައްކައި އިންޒާރުތައް ދޭނަމަ، އެގައުމުން މަޑުން ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް