އާރުސީސީގެ އެހީގައި މާލޭގައި ސްކޭޓް އެރީނާއެއް، ބިންގާ އަޅައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގައި ހެދުމަށް ހަމަޖެހިފައިވާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފި އެވެ.
މާލޭގެ އެންމެ ހާއްސަ އެއް ސަރަހައްދު ކަމުގައިވާ އުސްފަސްގަނޑުގައި ހެދުމަށް ހަމަޖެހިފައިވާ ސްކޭޓް އެެރީނާގެ ބިންގާ އެޅީ މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން މި ރަސްމިއްޔާތުގައި ސްކޭޓް އެރީނާގެ ބިންގާ އަޅައިދިނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އާރުސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޙީމް އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ބުނީ މިއީ އާރުސީސީގެ ސީއެސްއާރު ޕްރޮޖެކްޓެއް ކަމަށެވެ.

މި އެރީނާގައި ނިމިގެންދާއިރު ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޕާކެއް ވެސް ހިމެނޭނެ އެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ސްކޭޓްކުރަން ޝައުގުވެރިވާ ވަރަށް ގިނަ ކުދީން ބައިވެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް