ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 30ވަނަ ދުވަހުގެ 18:34 ހާއިރު ކަމަށެވެ.
އަދި 7 މީހުންނާ އެކު ހަރަކާތްތެރިވި މި މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށްވެސް ބުންޏެވެ.
އެމްްއެންޑީއެފުން މައުލޫމާތުދޭގޮތުން މި ބޯޓު ހދ.ކުޅުދުއްފުށްޓަށް ގެނެއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް