މިއަދު ބޭއްވި އިންތިހާބުގައި ޕީއެންސީން ޑަބްލިއުޑީސީގެ ތިން ގޮނޑި ކާމިޔާބުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޑަބްލިއުޑީސީގެ ތިން ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ޕީއެންސީން ވަނީ، ފަސް ގޮނޑީގެ ތެރެއިން ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީން ގެންގޮސްފައިވަނީ، ކެލާ، ނޭކުރެންދޫގެ އިތުރުން މާވަށުންނެވެ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއެވެ. އަދި ފުވައްމުލައް ދަޑިމަގު ދާއިރާއަށް ކައުންސިލް މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެނޑިޑޭޓެވެ.
މިއަދު ކުރިއަށްދިޔަ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ. ވޯޓުލުން ނިންމާލާފައިވަނީ 4 ޖެހިއިރެވެ. މި އިންތިހާބުގައި 3،800 އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް