އިންޑޮނޭޝިއާއިން ޣައްޒާގައި 100 މިސްކިތް ބިނާކުރަނީ
އިންޑޮނޭޝިއާއިން ޣައްޒާގައި 100 މިސްކިތް ބިނާކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އިންޑޮނޭޝިއާގެ މިސްކިތްތަކާއި ބެހޭ ކައުންސިލުން ބުނީ އެގައުމުގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޖޫސުފް ކައްލާ ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވެދާނެ އެހީއަކަށް ތައްޔާރުވެ، ޚާއްސަކޮށް ރަމަޟާން މަހުގައި ބޭނުންވެދާނެ އެހީއަކަށް ތައްޔާރުވާން ފަށާފައިކަމަށެވެ.
ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 1،000 އަށްވުރެ ގިނަ މިސްކިތް ސުންނާފަތި ކޮށްލާފައިވާކަން ފާހަގަކޮށް ކައްލާ ވިދާޅުވީ، އެންމެ ފުރަތަމަ ބިނާ ކުރާނީ 10 މިސްކިތް ކަމަށާއި އެއަށްފަހު މިސްކިތްތައް ބިނާ ކުރަމުން ގޮސް 100 މިސްކިތް ބިނާ ކުރެވޭނެކަމަށެވެ.
ކައްލާ އިތުރަށް ވިދާޅުވީ، މިކަމާއި ގުޅޭ ގޮތުން ޣައްޒާގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކޮށްފައިވާކަމަށާއި، މިސްކިތްތައް ބިނާކުރުން ކުރިއަށްގެންދާނެ ގޮތް ކަނޑައަޅާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް