އެޗްޑީސީގެ ބޯޑު މެންބަރު ކަމުން ޔޫސުފް ވަހީދު ވަކިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ހއ.ވަށަފަރު، ޔޫސުފް ވަޙީދު ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރީ މިއަދުން ފެށިގެންނެވެ.
އެޗްޑީސީގެ ބޯޑަށް ޔޫސުފް ވަޙީދު އައްޔަނުކުރީ 2024 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ.
އެފަހުން، ގެދިރުވެރިޔާ އަދި ބިންވެރިޔާ ސްކީމް މައްސަލާގައި، އެ ކުންފުނީގެ އޭރުގެ އެމްޑީ ސަސްޕެންޑް ކޮށް ބޯޑު މެންބަރުން ސަސްޕެންޑްކުރިއިރު އޭނާވެސް ސަސްޕެންޑްކުރި އެވެ.
ނަމަވެސް އައު އެމްޑީއެއް އައްޔަނު ކުރުމަށްފަހު ވަނީ އެ އެންމެންގެ ސަސްޕެންޝަން އުވާލާފައެވެ.
ޔޫސުފް ވަހީދު އޭގެ ކުރިން ވަނީ ސްޓެލްކޯ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް