N/A
N/A
ހަބަރު 10 Dec 2018 | 10:19

ޖަލަށްލީ ރައީސް ޔާމީން އެންގެވި ގޮތަށް ބަޔާންދޭން ދެކޮޅުހެދުމުން: ޒިޔަތު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކަމަށްބުނެ ޖަލަށްލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ގޮތަށް ތަހުގީގަށް ބަޔާން ނުދީގެންކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން އެބޭފުޅާ ނެރުއްވި ބަޔާނެއްގައެވެ.

ޒިޔަތު ވިދާޅުވީ ފިނިފެންމާ ލޯންޗުގެ ހާދިސާއަށްފަހު ކުރީގެ ރައީސް ޔާމީނުއާއި ކުރީގެ ނައިބު ރައީސް އަދީބު އާއި ޖެހުނު މައްސަލައިގައި އެބޭފުޅާ ރައީސް އޮފީހަށް ޙާޟިރުކޮށް އަދީބުއާއި ދެކޮޅަށް ބަޔާންތަކެއް ދިނުމަށް ރައީސް ޔާމީން އެންގެވިކަމަށެވެ. ނަމަވެސް އެގޮތަށް އަމަލުކުރުމަށް ދެކޮޅު ހެދުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހައްޔަރު ކުރީ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ހެދުމަށްޓަކައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ކުރެވުނު އެންމެހައި މުޢާމަލާތްތަކުގެ ފުރިހަމަ މަޢުލޫމާތު ކުރީގެ ރައީސް ޔާމީންއަށް އެނގިވަޑާއިގަންނަވާނެކަމަށެވެ. އަދި އެމްއެމްޕީއާރްސީއަށް ލިބުނު އެއްވެސް ޗެކެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހަވާލުކޮށްފައި ނުވާނެކަމަށާއި، އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައި ނުވާނެކަމަށްވެސް ޒިޔަތު ވަނީ ބަޔާންކުރައްވާފައެވެ.

ދޫނީދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބާއްވައި، ދަންވަރު ނެރެ ވަކިގޮތަކަށް ބަޔާންދިނުމަށް އޭނާއަށް މަޖުބޫރުކޮށް ބަޔާން ނަގާފައިވާކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވުނީ ސިޔާސީ ދައުވާއެއްކަމަށްވެސް ޒިޔަތު ވަނީ ސިފަކުރައްވާފައެވެ.

ޒިޔަތު ވިދާޅުވީ މިހާތަނަށް މިކަމުގައި އެއްޗެއް ބުނެފައިނުވަނީ ދިމާވެދާނޭ ނުރައްކަލަށް ޖެހިލުންވާތީ ކަމަށެވެ. ނަމަވެސް ކަންތައްތައް ހިނގައިދިޔަ ގޮތުގެ ބަޔާނެއް މިހާރު ނެރުމަށް ނިންމީ މިސަރުކާރުން އިންސާފު ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޮތުމުންކަމަށްވެސް ޒިޔަތު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.