ޤާސިމްގެ އެހީގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ދީލަތި އެހީގައި އދ. މާމިގިލީގައި ބިނާކުރެއްވި މިސްކިތް ހުޅުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް އެރަށުގައި ބިނާކުރެއްވި މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދުލް ޛިކުރާ (مسجد الذكرى) އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙު ވިދާޅުވީ މި މިސްކިތް ޤާސިމް ބިނާކުރެއްވީ މާމިގިލީ ރައްޔިތުންނާއި ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. މިސްކިތް ބިނާކުރުމުގެ މަސައްކަތަށް ހޭދަވީ މުޅިއެކު 57 ދުވަަސް ކަމަށް ޢަލީ ވިދާޅުވިއެވެ. މިއީ އެއްފަހަރާ 215 މީހުނަށް ނަމާދުކުރެވޭ މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިންމާފައިވަނީ ވުލޫކުރާނެ ތަނަކާއި ފާހާނާވެސް ހިމެނޭ ގޮތަށެވެ.
މި މިސްކިތުގެ ބިންގާ އެޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް