އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި ޝަހީރު އެމްޓީޑީސީގެ ޗެއާމަން ކަމަށް އައްޔަންކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުގެ މަގާމުން ދާދިފަހުން ވަކިކުރި އަހުމަދު ޝަހީރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.
މިކަން ޕީސީބީން މިއަދު ވަނީ އިއުލާންކޮށްފައެވެ.
ޝަހީރު އެޗްޑީސީ ޗެއާމަނަކަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހުއެވެ.
އޭނާ އެމްޓީޑީސީގެ ޗެއާމަންކަމަށް އައްޔަނުކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި މއ. ދޭލިޔާގެ، ޢަބްދުالله ފާއިޒް މަގާމުން ވަކިކުރައްވައި މިފްކޯގެ ޗެއާމަނަކަށް ހަމަޖެއްސުވާއެކު މަގާމު ހުސްވުމާއި ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް