ހިތަދޫ މެޖިސްޓްރޭޓް ކޯޓު؛ ފޮޓޯ / ޓައިމްސް އޮފް އަައްޑޫ
ހިތަދޫ މެޖިސްޓްރޭޓް ކޯޓު؛ ފޮޓޯ / ޓައިމްސް އޮފް އަައްޑޫ
ހަބަރު 02 Oct 2026 | 12:40

ބަނގުރާ ބުއިކަން ސާބިތުވެ 40 އެތިފަހަރުން ހައްދު ޖެހުމަށް ހުކުމްކޮށްފި

އައްޑޫ ސިޓީ ސ. ހިތަދޫގައި މީހަކު ބަނގުރާ ބުއިކަން ސާބިތުވެ 40 އެތިފަހަރުން ހައްދު ޖެހުމާއެކު 3،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ހުށެހެޅި ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާ މައްސަލައިގައި ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ސީނިއާގެ، އަޙްމަދު ފަހްމީގެ މައްޗަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އިއްޔެ އެ ކޯޓުން ބޭއްވި އަޑުއެހުމުގައެވެ.

މި މައްސަލައަކީ މިދިޔަ އަހަރު ފެބްރުއަރީ 9 ގައި 18:58 ހާއިރު ފަހްމީ ބަނގުރާ ބޮއެގެން ސ. ހިތަދޫ ނޫރާނީ ސްކޫލް ކައިރީގައި ދަނގަޑު ބުރިއެއް ހިފައިގެން ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލައިގެ ތަހުގީގުގައި އޭނާ މަސްތުވުމަށް ބަނގުރާ ބޭނުންކުރާ މީހެއްކަމަށް ބުނެ، ބަނގުރާ ބޯކަމަށް އިއުތިރާފުވެފައިވާތީ ހުށެހެޅުނު މައްސަލައެކެވެ.

އެއާއެކު ގާނޫނު ނަންބަރު 09/2014 ގެ 616 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރާއި ހަވާލާދީ އޭނާގެ މައްޗަށް ވަނީ ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި، ދަޢުވާލިބޭ އަޙްމަދު ފަހްމީ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ކޯޓުގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ އަމިއްލައަށް ކުށަށް އިއުތިރާފުވެފައެވެ.

ޝަރީޢަތުން މައްސަލަ ބެލުމަށްފަހު، ގާނޫނުލްއުގޫބާތުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާލިބޭ ފަރާތުގެ އިއުތިރާފަށް ރިޢާޔަތްކޮށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އިއުތިރާފު ވުމުގެ އެއްބަސްވުމަށް ބަލައި، އަދަބު ކަނޑައެޅުމުގެ އުޞޫލުގެ ދަށުން އޭނާއަށް ދެވޭ އަދަބު ވަނީ ލުއިކޮށްދީފައެވެ.

އެ ގޮތުން، ކޯޓުން ނިޔާ ކަނޑައަޅައި ޙުކުމްކޮށްފައިވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން 40 އެތިފަހަރުން ޙައްދު ޖެހުމާއެކު، -/3,600 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށެވެ.

މި ޖޫރިމަނާގެ ފައިސާ ޙުކުމް ކުރެވުނު ދުވަހުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ވަނީ އަންގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.