ސިހުރު ހެދުމުގެ ތުހުމަތުގައި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިހުރު ހެދުމުގެ ތުހުމަތުގަައި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުނަދޫގައި ސިހުރި ހެދިކަމަށް ތުހުމަތު ކުރެވޭ 60 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
“ވޮއިސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މީހާ ސިހުރު ހެދިކަމަށް ތުހުމަތު ކުރެވޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް މުހައްމަދު މަމްދޫހް (މަންޑޭ) އަށެވެ.
އެ މައްސަލާގައި ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެމްދިޔުމުން އެ ރަށު މީހުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް ގޮސް އިހްތިޖާޖު ކޮށްފައެވެ.
އިންތިޚާބީ މެންބަރަށް ސިހުރު ހެދުމަށް ލޮއި ގައި އޭނާގެ ނަންޖެހުމަށްފަހު ގުރުއާންގެ އާޔަތްތައް ލިޔެފައި އެ ރަށުގެ ގަސްގަހަށް ޖަހާފައިވާއިރު ފަސް ގަހަކަށް އެފަދަ ތަކެތި ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް