ސައުދީން އިތުރު 25,500 މުސްހަފް ހަދިޔާކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސައުދީ ސަރުކާރުން އިތުރު 25,500 މުސްހަފް ހަދިޔާކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސައުދީން އިތުރު މުސްހަފް ހަދިޔާކޮށްފައިވާ ކަމަށެވެ. މި ފަހަރު ހަދިޔާކުރީ 25,500 މުސްހަފެވެ.

މީގެ ދެ މަސްކުރީން ވެސް ސައުދީން ވަނީ މުސްހަފް ހަދިޔާކޮށްފަ އެވެ. އެ ފަހަރު ހަދިޔާކުރީ 25,000 މުސްހަފެވެ.
އެހެން ކަމުން މިހާތަނަށް އެ ގައުމުން ހަދިޔާކުރި މުސްހަފުގެ އަދަދަކީ 50,500 އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި މުސްހަފްތައް ފޮނުވާނީ ގުރުއާން ހިތުދަސްކުރާ ކުލާސްތަކާއި އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް