އައްޑޫ ލިންކް ރޯޑުގެ މަގުތައް ތަރައްޤީކުރުމުގެ ސާވޭ މަސައްކަތް ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން އައްޑޫ ސިޓީ ލިންކް ރޯޑުގެ މަގުތައް ޒަމާނީކުރުމުގެ ގޮތުން ކުރަންޖެހޭ ސާވޭގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އާރުޑީސީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން އައްޑޫ ސިޓީ ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް މިއަދު ފެށިފައިވާކަމަށެވެ. މި މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގޭ ޕްރޮޖެކްޓެވެވެ.
ސާވޭކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް މަސައްކަތް ފަށާނޭކަމަށް އާރުޑީސީން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް