ކުރީގެ ފަސްޓްލޭޑީ ފަޒުނާގެ މަންމަ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ އާއިލާއަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދުގެ މަންމަ، ޒަމީރާ އުމަރު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރާ އަވަހާރަވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ޒަމީރާ އަވާހަރަވުމާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޒަމީރާ ޢުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވާކަން ފާހަގަކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށާއި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
މަރްޙޫމާ ޒަމީރާ ޢުމަރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްاللهގެ ތަނަވަސް ރަޙްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރަމެވެ. އާމީން.
ރައީސް މުޢިއްޒު
ޒަމީރާ އުމަރަކީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް