ސަން ސިޔާމް
ސަން ސިޔާމް
ހަބަރު 06 Aug 2024 | 15:32

ސަން ސިޔާމަށް ސަވަރިން ގެރެންޓީ ނުދޭން ސަރުކާރުން ނިންމައިފި

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ނަގަން ނިންމާފައިވާ ލޯނަކަށް ސަރުކާރުން ހޯދުމަށް އެދިފައިވާ 165 މިލިއަން ޑޮލަރު، ދިވެހި ފައިސާއިން ބަލާނަމަ، 2.5 ބިލިއަން ރުފިޔާގެ ސަވަރިން ގެރެންޓީ ނުދޭން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ސިޔާމަށް ގެރެންޓީ ނުދޭން ނިންމާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައެވެ. ސަން ސިޔާމަށް މިފަހަރު ސަވަރިން ގެރެންޓީ ނުދޭން ނިންމާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތްގޮތުންކަމަށް މަުއލޫމާތު ލިބެއެވެ.

ސަވަރިން ގެރެންޓީ ހޯދުމަށް ސިޔާމްގެ ކުންފުނިން ނިންމީ، އެމަރަލްޑް ލެގޫންގައި 1500 ކޮޓަރީގެ ރިސޯޓެއް ތަރައްޤީކުރުމަށެވެ. އެ ރިސޯޓް ހެދުމަށް ލޯނު ނެގުމަށް ނިންމާފައިވަނީ ޗައިނާގެ ބޭންކަކުންނެވެ. އެ ބޭންކުން ލޯނު ދިނުމަށް ނިންމާފައިވަނީ  ދިވެހި ސަރުކާރުންދޭ ސަވަރިން ގެރެންޓީގެ މައްޗަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ވަނީ މިއަހަރުގެ އޭޕްރިލްމަހު މިކަމާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒުއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

ސަން ސިޔާމް ވަނީ ކުރީގެ ރައީސް ޔާމީނު ވެރިކަމުގައި ސަރުކާރުން ސަވަރިން ގެރެންޓީ ހޯދައިގެން ރިސޯޓެއް ތަރައްޤީކޮށްފައެވެ. ނ.އަތޮޅުގައި ތަރައްޤީކުރި މި ރިސޯޓަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެބޮޑު ރިސޯޓެވެ. އެ ރިސޯޓް ހެދުމަށް ސިޔާމް ނެގި ލޯނަށް ސަރުކާރުން ވަނީ 127 މިލިއަން ޑޮލަރުގެ ގެރެންޓީއެއް ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ ހުކުމް އިސްތިއުނާފް ނުކުރަން ޕީޖީން ނިންމައިފި
24 Sep 2026 ހަބަރު

ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ ހުކުމް އިސްތިއުނާފް ނުކުރަން ޕީޖީން ނިންމައިފި

ރ. ފުއްގިރީގެ ކުއްޔާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައިގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަނަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބަދަލުކުރެވޭނެ ޤާނޫނީ ނުކުތާއެއް ނެތުމުނ...