އުކުޅަހު ސްކޫލް ޕްރިންސިޕަލް ޝަހުލާ ޢިމާދު: ފޮޓޯ/ އުކުޅަހު ސުކޫލް
އުކުޅަހު ސްކޫލް ޕްރިންސިޕަލް ޝަހުލާ ޢިމާދު: ފޮޓޯ/ އުކުޅަހު ސުކޫލް
ހަބަރު 28 May 2025 | 10:47

ޓީޗަރުންނާއި ބެލެނިވެރިންގެ އެތައް ޕެޓިޝަންތަކަކަށްފަހު، އުކުޅަހު ޕްރިންސިޕަލް ބަދަލުކުރަން ނިންމައިފި

އއ. އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް، ޝަހުލާ އިމާދު އާއި ގުޅިގެން އެތައް ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވުން ފާޅުކޮށް، މިނިސްޓްރީއަށް އެތަކެއް ޕެޓިޝަނެއް ލާފައިވަނިކޮށް، އޭނާ އެހެން ސްކޫލަކަށް ބަދަލުކުރަން މިނިސްޓްރީން ނިންމައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އުކުޅަހު ސްކޫލްގައި ޝަހުލާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށް، އއ. އަތޮޅު ސްކޫލަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އޭނާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާ، އެކަން ކުރީ އޭނާ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ކަމަށް ނޫހަކުން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ. 
ނަމަވެސް، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް، ސާފުކުރުމަށް ”ވޮއިސް“ އިން އެރަށުގެ ބެލެނިވެރިންނާއި ޓީޗަރުންނާއި ސުވާލު ކުރުމުން އެފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުން، މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ޝަހުލާ ބަދަލު ކުރުމަށް އެދި ޓީޗަރުންނާއި ބެލެނިވެރިން މިނިސްޓްރީގައި އެތައް ފަހަރުމަތީން އެދިފައިވަނިކޮށެވެ.

އުކުޅަހު ސުކޫލުގެ ޕްރިންސިޕަލާއި ގުޅިގެން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއް

މައްސަލަ ފެށުން؛ ސިޔާސީ ނުފޫޒުން ޝަރުތު ހަމަނުވާ މަގާމަކަށް އައްޔަނު ކުރުން

”ވޮއިސް“ އަށް މައުލޫތު ދެއްވަމުން އުކުޅަހު ސްކޫލްގެ އިސް ފަރާތެއް ބުނީ، ޝަހުލާ ޕްރިންސިޕަލް ކަމުގެ މަޤާމަށް ވަޑައިގެންނެވީވެސް ނުގަވާޢިދުން ކަމަށެވެ. އެގޮތުން އެކަން ހިނގައި ދިޔަގޮތް ހާމަކުރައްވައި އޭނާ ބުނީ، ޑިސެމްބަރ 2019 ވަނަ އަހަރު އުކުޅަހު ސުކޫލުގެ ޕްރިންސިޕަލް ކަމުގެ މަޤާމުގައި ހުރި ބޭފުޅާ މަޤާމުން ވަކިވުމާއި ގުޅިގެން ގުޅިގެން އެމަޤާމް ހުސްވެ، ޖެނުއަރީ 2020 އުކުޅަހު ސުކޫލުގެ ހުސްވަފައިވާ ޕްރިންސިޕަލް ކަމުގެ މަޤާމަށް ބޭފުޅަކު ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަނުން ސުކޫލަށް އެންގި ކަމަށެވެ.

މިއެންގުމާއި ގުޅިގެން އެކަމަށް ސުކޫލުން ތައްޔާރުވެ ހުރިހާ ކަމެއް ހަމަޖެއްސާފައި ވަނިކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހު އެއްވެސް މަޤާމެއް، އަދި ރަސްމީ ލިޔުމެއްވެސް ނެތި ސުކޫލުގެ ހިންގުން ކުއްލިގޮތެއްގައި ޝަހުލާ ޢިމާދުއާއި ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށާ، އެކަން އެގޮތަށް ކުރީ ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ. ޝަހުލާގެ އާއިލާ އަކީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ އިސްފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

ސުކޫލުގެ ހިންގުން ހަވާލުކުރިއިރުވެސް ޝަހުލާ ޢިމާދުގެ ޕްރިންސިޕަލް ކަމުގެ ޝަރުތު ހަމަނުވާ ކަމުގައި ސިވިލް ސާރވިސްއިން ސުކޫލަށް އަންގާފައިވާތީ ޖެނުއަރީ 16 އިން ފެށިގެން 3 މަސްދުވަސް ވަންދެން ޝަހުލާ ޢިމާދު ސްކޫލުގެ އެންމެ އިސް ފަރާތް ކަމުގައި ބަހައްޓާފައިވަނީ އެއްވެސް މަޤާމަކަށް ހަމަނުޖައްސައި ކަމަށް އެ ސުކޫލުން ވޮއިސް އަށް މައުލޫމާތު ދިން މީހާ ބުނެއެވެ. އަދި އެފަހުން ސްކޫލުގައި ހުސްކޮށް އިން ހެލްތު އަދި ފިޒިކަލް އެޑިޔުކޭޝަން (އެޗް.ޕީ.އީ) ޓީޗަރުގެ މަޤާމަށް ވަގުތީ ޓީޗަރެއްގެ ގޮތުގައި އޭނާ ހަމަޖައްސާފައިވާއިރު އޭގެ ފަހުން ޕްރިންސިޕަލްގެ ގޮތުގައި ޝަހުލާ އުޅެފައިވަނީ އުކުޅަހު ސުކޫލުގެ ހެލްތު އަދި ފިޒިކަލް އެޑިޔުކޭޝަން (އެޗް.ޕީ.އީ) ޓީޗަރެއްގެ މަޤާމުގައި ހުރެގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޕްރިންސިޕަލަކު ނެތި ގާތްގަނޑަކަށް އަހަރެއް ވަންދެން ސްކޫލްގެ ހިންގުން ޝަހުލާއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށްފަހު، 2021 ވަނަ އަހަރު ނޮވެމްބަރު މަހު 17 ވަނަ ދުވަހު އުކުޅަހު ސުކޫލަށް ޕްރިންސިޕަލަކު ހޯދަން އިޢުލާންކުރެވުނެވެ. މި އިއުލާން ކޮށްފައިވަނީ ޕްރިންސިޕަލް ކަމަށް ކުރިމަތިލާން ބޭނުންވާ ތަޢުލީމީ ޝަރުތުތައް ފުރިހަމަކުރުމަށްޓަކައި ޝަހުލާ ހަދަމުންދިޔަ  ކޯސްވެސް ނިމިފައިވަނިކޮށް ކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ޖުމްލަ4 ފަރާތަކުން ކުރިމަތިލައިގެން ޕްރިންސިޕަލަކު ހޮވުމަށް ކުރިއަށް ގެންދިޔަ އިންޓަވިޔުއާއި ދެފަހަރެއްގެ މަތީން އާއްމުކުރި އޭ2 ޝީޓުން ސެޓިފިކެޓްތަކަށް ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ހުރިކަމަށާ، އިންޓަވިޔުގައި ޕެނަލިސްޓުންގެ މެދުގައި އެކަކަށް (ޝަހުލާއަށް)މާކްސް ދިނުމުގައި ބޮޑެތި ތަފާތުތައް ހުރިކަން ފާހަގަކުރެވުނު ކަމަށާ، އެމައްސަލަ މިނިސްޓްރީއަށް ހުށައެޅުމުންވެސް އެދެވިގެންވާ އެއްވެސް ޖަވާބެއް ލިބިފައި ނެތްކަމަށް ސުކޫލުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ސީނިއާރ މެނޭޖްމަންޓް ގަޑުބަޑުވެ މައްސަލަ ބޮޑުވެފަ

މިނިސްޓްރީގެ ޤަވާޢިދު ބުނާގޮތުން އުކުޅަހު ސުކޫލުގައި ތިބެން ޖެހޭނީ 4 ލީޑިން ޓީޗަރުންނެވެ. ނަމަވެސް އުކުޅަހު ސުކޫލު ހިންގުމަށްޓަކައި ޕްރިންސިޕަލްގެ ޚާއްޞަ ނެންގެވުމަކުން އިތުރު 2 މީހަކު ލީޑިން ޓީޗަރުންގެ ގޮތުގައި ނަންގަވައި އެޓީޗަރުންގެ އަޞްލު ކިޔަވައިދިނުމުގެ ގަޑިތައް މަދުކޮށް އެހެން ޓީޗަރުންނަށް ބުރަވާގޮތަށް ކިޔަވައިދިނުން ތަރުތީބު ކުރެވިފައިވާކަމަށް ސުކޫލުގައި މަސައްކަތްކުރާ ޓީޗަރަކު ”ވޮއިސް“ އަށް މައުލޫމާތު ދީފައިވެއެ.

މީގެ އިތުރުން، ދަރިވަރުންނަށް ކިޔަވައި ދިނުމަށް ފަސޭހަވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ޓީޗަރުންގެ ފަރާތުން އެދުމުން އެކަމަށް ބީރު ކަންފަތެއްދީ، އޭނާ ބޭނުން ގޮތަކަށް ކަން ނުކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ޓީޗަރުންނަށް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުގެ މަތީން، އިންޒާރުދީ، އެރަށު ސްކޫލުގައި މަސައްކަތްކުރި 4 ޓީޗަރަކު މިދިޔަ ސަރުކާރުގައި ސަސްޕެންޑްވެސް ކޮށްފައިވެއެވެ. އެ ޓީޗަރުން ސަސްޕެންޑްކުރުވީ، މިޔުޒިކާއި އެކު ކުޑަކުދިންނަށް ނަށަން ދަސްކޮށްދިނުމަށް އިންކާރުކުރުމުނެވެ. ސަސްޕެންޑްކުރި ޓީޗަރުންގެ ތެރެއިން އެކަކު ވަޒީފާއިންވެސް ވަކިކުރިއެވެ.

ދަރިވަރުންގެ ކިޔެވުން ބޮއްސުންލާފައި

ވޮއިސް އަށް މައުލޫމާތު ދެމުން ބެލެނިވެރިއަކު ބުނެފައިވާ ގޮތުން، މި އަހަރު އޯ ލެވެލް ހަދަމުންދާ ދަރިވަރުންނަށް ކިޔަވައި ދިނުމަށް އިތުރުގަޑިތައް ނެގުމާއި އިތުރު އެހީ ހޯދަން ޖެހޭ ކުދިންނަށް އެ ފުރުސަތު ފަހި ކޮށްދިނުމަށްވެސް ޕްރިންސިޕަލްގެ ފަރާތުން މަސައްކަތެއް ނުކުރެއެވެ.

”އޯލެވެލް އޮންނާތީ، މި ދުވަސްކޮޅު އެ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ގަޑިތައް މަދުކޮށް ކުޑަ ލުޔެއްދީ، އޯލެވެލް ދަރިވަރުންނަށް ގިނަ ވަގުތު ދެވޭނެ ގޮތަށް ޓައިމްޓޭބަލް ހަމަޖައްސާލަން ޓީޗަރުން އެދުމުން އެކަންވެސް ނުކޮށްދިން. ދެން ދުވާލެއްގެ މައްޗަށް ވިހި ތިރީސް ގަޑި ނަގައިދީ ނިންމާފައި، އޯ ލެވެލް ކުދިންނަށް ކިޔަވައި ދޭން ވިމާ އެ ޓީޗަރުންނަަށްވެސް އުނދަގޫ ވާނެ ދެއްތޯ. ސްކޫލުން، އިތުރު ގަޑިތައްވެސް އެވަރަށް ނުނަގާތީ، ޓީޗަރުންގެ ގެއަށް ދަރުވަރުން ގެންގޮސްގެން އެބަ ކިޔަވައިދޭ. މިއީ މިކަން އޮންނަންޖެހޭ ގޮތެއް ނޫން ދެއްތޯ؟ ދެން ބައެއް ކުދިން އޮންލައިންކޮށާ އެނޫން ގޮތް ގޮތުން ޓިޔުޝަން އެ ނަގަނީ“

އުކުޅަހު ބެލެނިވެރިއެއް

އޯލެވެލް ދަރިވަރުންނަށް ގިނަ ވަގުތު ދިނުމަށް މިދުވަސްކޮޅު އެހެން ގަޑިތައް މަދުކޮށްލަދޭން އެދުމުން ޕްރިންސިޕަލްގެ ފަރާތުން އެކަމަށް އެއްބާރުލުން ނުދިންކަން ”ވޮއިސް“ އަށް މައުލޫމާތު ދިން ޓީޗަރުންވެސް ފާހަގަކުރިއެވެ.

މިކަންކަމުގެ އިތުރުންވެސް، އުކުޅަށް ސްކޫލުގެ ލައިބްރަރީއަށް އަޅާނުލުމުގެ ސަބަބުން އެތަނުގައި ހުރި ފޮތްތަކަކާއި ބެލެނިވެރިން ހަދިޔާކޯސްފައި ހުރި ފޮތްތަކެއްވެސް ހަލާކުވެގެން ގޮސްފައިވާކަން ޓީޗަރުން ފާހަގަކިރެއެވެ. ނަތީޖާއެއްގެ ގޮތުން، ކުދިންގެ ޢިލްމު ތަނަވަސްކުރުމަށް ކިޔާނެ ފޮތް ލިބޭނެ މަގު ހަނިވެ، ލައިބްރަރީގެ ބޭނުންވެސް ކުދިންނަށް ފުރިހަމައަށް ނުހިފޭގޮތް ވަނީ ވެފައެވެ.

އެތަކެއް ޕެޓިޝަނެއް ހުށަހަޅައިގެންވެސް މިނިސްޓްރީއަށް އަޑެއް ނީވުނު

މިފަދަ އެތަކެއް މައްސަލަތަކެއް ގާތްގަނޑަކަށް 2021 ވަނަ އަހަރުން ފެށިގެންވެސް ފެންމަތިވަމުން އައިސްފައިވާއިރު، އެ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްވެސް ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ވަނީ ހުށަހަޅާފައެވެ. އެގޮތުން، އެކި ފަހަރުމަތިން، ޓިޗަރުންނާއި ބެލެނިވެރިން ސޮއި ކޮށް ޕެޓިޝަންތަކަާއި ސިޓީތައް އެޑިޔުކޭޝަން މިނިސްޓްރީއަށް ލީ ނަމަވެސް، އެ މިނިސްޓްރީން ދެނީ އެންމެ ޖަވާބެކެވެ.

މިފަދަ މައްސަލަތައްވެސް ސިޔާސީ ފަރާތްތަކާއި ގުޅިގެން “އޮއްބާލަނީ“ ކަމަށް ޓީޗަރުންނާއި ބެލެނިވެރިން ބުނެއެވެ.

”މިދިޔަ ސަރުކާރުގައިވެސް، މި ސަރުކާރުގައިވެސް ޕްރިންސިޕަލާ ދެކޮޅަށް ޕެޓިޝަން ހުށަހެޅިން. އެކަމަކު ވީ ކަމެއް ނެތް. މި ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓްރާވެސް ބައްދަލު ކުރެވިއްޖެ. ނަމަވެސް މައްސަލަ ހައްލެއް ނުވޭ. މި ސްކޫލް ޕްރިންސިޕަލަކީ ސިޔާސީ ގޮތުންވެސް ނުފޫޒު ގަދަ ފަރާތްތަކާއި ގުޅުން ހުރި ބޭފުޅެއް ކަމުން ހުރިހާ މައްސަލައެއްގައި މަތިޖަހައި ބަންދު ކޮށްލަނީ. މިދިޔަ ސަރުކާރާ މި ސަރުކާރުގައިވެސް ކަން ހިނގީ އެހެން. އެ މަގާމަށް ޕްރިންސިޕަލް އައީވެސް ސިޔާސީ ނުފޫޒުން. މިދިޔަ ސަރުކާރުގައި.“

މި މައްސަލާގައި، 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް، 10 އަށްވުރެ ގިނަ ޕެޓިޝަނާ ސިޓީ ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ”ވޮއިސް“ އަށް މައުލޫމާތު ލިބެއެވެ. އަދި ޕްރިންސިޕަލް އާއި ގުޅުންހުރި މައްސަލަތަކަާއެކު ޓީޗަރުންގެ ވަފުދެއް އެޑިޔުކޭޝަން މިނިސްޓްރާވެސް ބައްދަލު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ހަމައެހެންމެ، ދާދިފަހުންވެސް ޕްރިންސިޕަލް ވަކިކޮށްދިނުމަށްއެދި ޓީޗަރުންނާއި  ބެލެނިވެރިން ހިމެނޭހެން ޕެޓިޝަނެއް މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

މި މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލަން ”ވޮއިސް“ އިން އެތައް ފަހަރު ގުޅުމުންވެސް އަދި މެސެޖު ކުރުމުންވެސް ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.