ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ތަރައްގީ ކުރުމުގެ މަސައްކަތް މެޑްޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެ ހޮސްޕިޓަލް ގްރޫޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ހަލީމެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް އެވެ.
އެއްބަސްވުމުގައިވާ ގޮތުން 90 ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ނިންމަން ޖެހެ އެވެ.
ހުޅުމާލެ’ ހޮސްޕިޓަލުގައި މިހާރު ޑައިލިސިސް ހެދުމަށް 10 އެނދު ލިބެން ހުރެއެވެ. ނަމަވެސް ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ އެ ހޮސްޕިޓަލުން ވަނީ ޑައިލިސިސްގެ ހިދުމަތް ފުޅާކުރަން ނިންމާފައެވެ.
ހުޅުމާލެ ހޮސްޕިޓަލް މިހާރު ހުރި ތަނުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް