ގާސިމްގެ ހާލުކޮޅު ރަނގަޅު، ގެއަށް ވަޑައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ފެށިގެން ގާސިމަށް ދިޔައީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އުމުރުފުޅުން 74 އަހަރުފުޅުގައި ގާސިމް އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އަމިއްލަފުޅު ރިސޯޓް -- ސަން އައިލެންޑްގައި ހުންނަވަނިކޮށް ހާލުކޮޅު ދެރަވެގެންނެވެ.
ގާސިމްގެ ހާލުކޮޅު ރަނގަޅުވެ ފަރުވައަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ވިޔަފާރިވެރީންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ގާސިމަކީ އެމަނިކުފާނުގެ ވިޔަފާރީގެ ފައިދާއިން ވަރަށް ގިނަ ދިވެހީންނަށް އެކި މިންވަރަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ބޭފުޅެކެވެ. އަދި ވަަރަށް ގިނަ ރަށްރަށުގެ ތަރައްގީއާ ކުރިއެރުމަށް ވެސް ގިނަ އެހީތެރިތަކެއް ދެއްވާފައިވެ އެވެ.
އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އެމަނިކުފާނަށް ދައުލަތުން ވަނީ އެތައް ޝަރަފެއް އަރުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް