N/A
N/A
ހަބަރު 02 Dec 2018 | 13:16

ސިޔާސީ މަސްރަހް: މުއުމިނެއްގެ ގައިގައި އެއްހޮރަކުން ދެފަހަރަކު ކަށްޓެއް ނުޖަހާނެ

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ކުއްލި ބަދަލަކާގުޅިގެން ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ހިގަނީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ދެ ހަދީސް ބަސްފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫގެ މެމްބަރ ސައުދުﷲ ޓްވީޓާގައި ރިޔާސީ އިންތިޚާބުގެ ކުރިން ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ސޮއިކޮށް އެމްޑީޕީއާއި އެހެން ޕާޓީތަކާއެކުވެފައިވާ އެބަސްވުމެއްގެ ޕޭޖެއް ޕޯސްޓްކޮށް އަތްތިލަބަޑިޖަހާފައި އެއާ ވިއްދައިގެން ލިޔެފައިވަނީ މުނާފިގުންގެ އަލާމަތްކަމަށް އޮންނަ ހަދީސް ބަސްފުޅެވެ. " އޭނާ ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވައުދެއް ވެއްޖެނަމަ އެއާ ޚިލާފްވާނެއެވެ. އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރިވާނެއެވެ" މިލިޔުންކޮޅު އޮތީ ރީނދޫ ބެކްގްރައުންޑެއްގެތެރޭގައެވެ. މިއީ އެމްޑީޕީއަށް ނިސްބަތްކުރި ވާހަކައެއްކަމަށް ލަފާކުރެވެއެވެ.

އަލީ ޒައިދް ކިޔާ ދީނީ އިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ. އަމިއްލަ އެދުންބޮޑުވެ އަހުދާ ހުވަޔާ ޝަރުތު އުވާލުމަކީ މުސްލިމުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އަހުދަކީ ފަހުން ސުވާލުވެވޭނެކަންކެމެވެ. އެހެންބައެއް ބޭފުޅުން ގެންނަ ހަދީސް ބަސްފުޅަކީ މުއުމިނެއްގެ ގައިގައި އެއް ހޮރަކުން ދެފަހަރަކު ކަށްޓެއް ނުޖަހާނެއޭ އޮންނަ ބަސްފުޅަށެވެ.

މިވާހަކަ މިރައްދުކުރަނީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއަށް ކަމަށް ލަފާކުރެވެއެވެ. އެއީ ކުރިން އެމްޑީޕީއާއެކު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ހެދި އެއްބަސްވުން އެމްޑީޕީން އުވާލައި ގާސިމް އިބްރާހިމްއަށް ސިޔާސީ ގޮތުންނާ އޭނާގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ދަތިތަކާ ސަރުކާރުން އޭރުކުރިމަތިކޮށްފައިވަނިކޮށް އަލުން ދެން އެމްޑީޕީން އެފަދަ ކެއްސެއް ނުލިބޭނެކަމަށް ހީކޮށް އަނެއްކާވެސް އެއްބަސްވުމެއް ހަދައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވަން އެހީތެރިވެދިނުމުންނެވެ. ދެވަނަ ފަހަރަށްވެސް މެޖެހެނީ އެއްހާލެއްގައެވެ.

މިއަދުގެ ސިޔާސީ ވާހަކައަކީ އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކުރިން ފުޅާ ބޮޑު ކޯލިޝަނެއް ހަދަން އެހެން ޕާޓީތަކާއެކު ސޮއިކުރި އެއްބަސްވުން ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އެއްބަސްވުން ރޭ އެޕާޓީން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި އެއްބަސްވުމަށް އިހްތިރާމް ނުކުރަން ނިންމުމުންނެވެ.

އެމްޑީޕީން ފުޅާ ބޮޑު ކޯލިޝަންގެ އެއްބަސްވުމަށް އިހްތިރާމް ނުކުރަން ނިންމުމުން ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓްގެ އެންމެ ހަރަކާތްތެރި ބޭފުޅާކަމުގައިވާ އައިމިނަތު ނާދިރާ ލިޔުއްވާފައިވެއެވެ. " ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް މިކަމުގައި ބޭނުމެވެ. އެއްބަސްވުމުގައި ދެބޭފުޅުން ( ހަސަން ލަތީފާއި އިބްރާހިމް މުހައްމަދު ސާލިހް ) ސޮއިކުރެއްވީ އެމްޑީޕީގެ ގައުމީ މަޖްލީހުގެ ރުހުމާ ނުލާތޯ ނޫނީ ނޭނގި ސިއްރުންތޯ" އެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯލިޝަނާއެކު ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްފައިވާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަމާ އިތުބާރު އެޕާޓީއަށް އެބައޮތްކަމުގައެވެ. އެކަމަކު އެޕާޓީ ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި އިންނެވި ހަމައެކަނި މެމްބަރ އަނާރާ ނައީމް ލިއުއްވާފައިވަނީ ވައުދާ އަހުދަށް ވަފާތްތެރިވާށެވެ. އެއްބަސްވުމެއް ވާނަމަ އިހްތިރާމް ކުރާށެވެ. ޝެއިޚް އިމްރާން ކުއްލިގޮތަކަށް ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު ދެކެވުނު ވާހަކައެއް ދެކެވި އަލުން ސަރުކާރާ ގުޅިވަޑައިގަތެވެ.

ޖޭޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެޕާޓީން ދާއިރާތަކަށް ވާދަކުރަން ނިންމުމުގައި ރައީސްގެ ލަފާހޯދަން ނިންމާފައިވާކަމަށެވެ.

އެމްޑީޕީގެ އިސްބޭބޭފުޅުންގެ ވާހަކަފުޅުތަކުން އެގެނީ އެއްބަސްވުމަށް އިހްތިރާމްކުރުން ހުއްޓާލަން ރައީސް ނަޝީދު ބޭނުންފުޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ 60 ގޮނޑި އަށް ކުރިމަތިލާން ޖުމްހޫރީ ޕާޓީން ހުށަހެޅުމުންނެވެ. މިއީ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެމްޑީޕީން އެއްބަސްވެފައިވާވަރަށްވުރެވެސް އެޕާޓީއަށް ބޮޑުއަދަދެއްދޭން ޖޭޕީން ރުހުމެވެ. އެކަމަކު އެވަރުންވެސް އެމްޑީޕީއަށް ނުފުދުނީއެވެ. އެމްޑީޕީގެ އިސް އެކްޓިވިސްޓުން މިހާރު ކިޔަނީ އިބްރާހިމް މުހައްމަދު ސާލިހް އެހެންޕާޓީތަކާއެކު ހެދި އެއްބަސްވުމަކީ ގާނޫން އަސާސީއާ ޚިލާފް އެއްބަސްވުމެއްކަމަށެވެ. އެހެންކަމުން އެއެއްބަސްވުމަށް އިހްތިރާމް ނުކުރެވޭނެއެވެ. އެމްޑީޕީން ބޭނުންވީމާ ގާނޫން އަސާސީއާ ޚިލާފް އެއްބަސްވުމެއް ހަދައިގެން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުން އެއީ ހުއްދަކަމެކެވެ.

ކޮންމެއަކަސް ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ނިންމި ނިންމުމުން އެގިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ބާރެއް ނެތްކަމެވެ. ނުވަތަ މިއީ ރައީސްގެ ބާރެއް ނެތްކަން ސީދާ ދައްކާލަންވެގެން ނިންމި ނިންމުމެކެވެ. އަދި ރައީސް ވެފައި ހުންނަ އެއްބަސްވުންތަކަކީ ކޮންމެހެން ރައީސް މުހައްމަދު ނަޝީދު އިހްތިރާމްކުރަންޖެހޭ އެއްޗަކަށް އަދި އަގެއް ހުރި އެއްޗަކަށް ނުވުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...