މަރުވެފައިވާ އަންހެނެއްގެ ރަހިމުން ކުއްޖަކު ވިއްސައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މަރުވެފައިވާ އަންހެނެއްގެ ރަހިމު، އެހެންމީހެއްގެ ހަށިގަނޑަށް ބަދަލުކުރުމަށްފަހު ކުއްޖަކު ވިއްސައިފިއެވެ.
ބްރެޒިލްގައި ހިނގަައިދިޔަ މިކަމަކީ ދުނިޔޭގައި މަރުވެފައިވާ އަންހެނެއްގެ ރަހިމުން ކުއްޖަކު ވިއްސި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދިރިތިބި އަންހެނުންގެ ރަހިމުންވަނީ ކުދިން ވިއްސާފައެވެ.
މި ރަހިމު ލިބުނު އަންހެން މީހާއަކީ މަދުންނޫނީ ނުފެންނަ ހާލަތެއްކަމުގައިވާ ރަހިމުނެތުމާއި އެކު އުފަންވި އަންހެނެކެވެ. ދެ ދުވަހުގެ އޮޕަރޭޝަނަށްފަހު މި އަންހެންމީހާގެ ހަށިގަނޑު އެ ރަހިމު ގަބޫލުކޮށްފައިވާއިރު، އޭގެ ހަތް މަސް ފަހުން އެ އަންހެންމީހާ ވަނީ އައިވީއެފް ފަރުވާގެ ދަށުން ބަނޑުބޮޑު ވެފައެވެ.
މި އަންހެން މީހާ ނުވަމަހަށްފަހު ފުރިހަމަ ސިއްހަތުގެ ތުއްތު ކުއްޖަކު ވަނީ ވިހާފައެވެ. މި ކުއްޖާ ވިހެއުމާއި އެކު، އަންހެންމީހާގެ ބަނޑުންވަނީ ރަހިމު އަނބުރާ ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް