ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަނުކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހްމީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަނުކުރައްވައިފި އެވެ.
ފަހްމީ ވަކިކުރުމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އިއްޔެ އޭނާ ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކޮށްފަ އެވެ. ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ފަހްމީ އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
ފަހްމީ ވަނީ ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް