N/A
N/A
ހަބަރު 04 Dec 2018 | 00:08

ޕާޓީގެ އެންމެ ބޮޑު މަސްލަހަތަކީ ދިވެހި ޤައުމު - ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އެންމެ ބޮޑު މަސްލަހަތަކީ ދިވެހި ޤައުމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލައްވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކެންޕެއިން ފެއްޓުމުގެ ގޮތުން ހެންވޭރު ކެންޕެއިން ޖަގަހައެއްގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ވަކި ވަކި ކެނޑިޑޭޓުންގެ މަސްލަހަތެއް ނޫންކަމަށާއި ޤައުމީ މަސްލަހަތުކަމަށެވެ. އަދި ކެނޑިޑޭޓުންނަށްވުރެން އެކުރިމަތިލާ ދާއިރާގެ ރައްޔިތުން މުހިންމު ވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުން ވަނީ އެ ރައްޔިތުންގެ އުންމީދުތައް ހަޤީގަތަކަށް ހެދުމަށް ކަމަށާއި ކެނޑިޑޭޓުން ނުވަތަ މެންބަރުންނަށް މިކަން ސާފުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނީ ވެސް މި ޤައުމާއި ޕާޓީގެ އެންމެ މަތީ މަސްލަހަތައްކަން ފާހަގަކުރައްވެވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ދެ ދާއިރާއެއްގެ ޕްރައިމެރީގައި ވާދަކުރައްވާ ބޭފުޅުން ނަންއަނބުރާ ގެނައުމާ ގުޅިގެންނެވެ. އަދި ދޫ ދިނުމަކީ ސިޔާސީ ގޮތުން ލިބޭ ބޮޑު މޮޅެއްކަން ފާހަގަކުރައްވައި އެމްޑީޕީގެ މިއަދު މިދެކޭ ކާމިޔާބަކީ މިފަދަ ރީތީ އަހުލާގީ ސިފަތައް ގިނަކަމުންކަން ފާހަގަކުރެއްވެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.