އެމްޕީއެލް އެމްޑީ އާއި ސީއީއޯގެ މަގާމަށް ހުސައިން ޝަފީޤް އައްޔަނުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް އްޔަނުކޮށްފިއެވެ.
ޕީސީބީން ބުނީ އޭނާ އެ މަގާމަށް އައްޔަނުކުރީ މިއަދު ކަމަށެވެ.
ހުސައިން ޝަފީގް އަކީ މިސަރުކާރުން އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސްވީ އެ މަގާމުގައި ހުންނެވި މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިމަހު 6 ވަނަ ދުވަހުއެވެ.
ރިޝްވާން އިސްތިއުފާ ދެއްވާފައިވަނީ އޭނާ އެމްޕީއެލްގެ މުވައްޒަފަކާ ނުވަތަ މުވައްޒިފުންތަކަކާ ޒުވާބުކުރައްވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް