ބަލެންދުރަ ޝާހް
ބަލެންދުރަ ޝާހް
ދުނިޔެ 08 Mar 2026 | 05:44

ނޭޕާލްގެ އިންތިޚާބުގައި، ބޮޑުވަޒީރު ބަލިކޮށް ކުރީގެ ރެޕް ލަވަކިޔުންތެރިޔާ ބަލެންއަށް ބޮޑު ކާމިޔާބީއެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނޭޕާލްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބަލެންދުރަ ޝާހް އިސްވެ ހުންނަވައި އުފެއްދެވި އައު ސިޔާސީ ޕާޓީން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ނޭޕާލްގެ އިލެކްޝަން ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާތަކަށް ބަލާއިރު، ބަލެންދުރަ ޝާހްގެ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރް.އެސް.ޕީ) އިން ވަނީ  އިންތިޚާބުކުރާ 165 ގޮނޑީގެ ތެރެއިން 60 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިތުރު 61 ދާއިރާއަކުންވެސް އެ ޕާޓީ އުޅެނީ ކުރީގައެވެ.

އުމުރުން 35 އަހަރުގެ ބަލެންދުރަ ޝާހް، ނުވަތަ އާންމު ނަމުން ނަމަ "ބަލެން" އަކީ 2022 ވަނަ އަހަރު ކަތުމަންޑޫގެ މޭޔަރުކަން ކާމިޔާބުކުރައްވައި، 2025 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ޚަދްގަ ޕްރަސާދު އޯލީގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ސިވިލް އިންޖިނިއަރެއްގެ ގޮތުގައި ތައުލީމު ހާސިލުކުރައްވާފައިވާ ޝާހް މަޝްހޫރުވެފައިވަނީ ގައުމުގައި އޮތް ކޮރަޕްޝަނާއި ނާއިންސާފާ ދެކޮޅަށް އޭނާ ކިޔާފައިވާ ރެޕް ލަވަތަކުންނެވެ.

މި އިންތިޚާބުގައި ޝާހް ވާދަކުރެއްވީ ކުރީގެ ބޮޑުވަޒީރު އޯލީއާ ދެކޮޅަށް ހިމަގިރީގެ ދެކުނު އިރުމަތީ ދާއިރާއަކުންނެވެ. އޭނާ ވަނީ އޯލީއަށްވުރެ ހަތަރު ގުނަ އިތުރަށް ވޯޓު ހޯއްދަވައި، ބޮޑު ތަފާތަކުން އެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. މި ކާމިޔާބީއަށްފަހު އޯލީ ވަނީ އެކްސް މެދުވެރިކޮށް ޝާހަށް މަރުހަބާ ވިދާޅުވެފައެވެ.

ޝާހްގެ ކެމްޕޭނުގައި ބޮޑު އިސްކަމެއް ދީފައިވަނީ ފަގީރު ރައްޔިތުންގެ ސިއްހީ އަދި ތައުލީމީ ފުރުސަތުތައް ރަނގަޅުކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނަތީޖާއަކީ ގައުމަށް ދިމާވެފައިވާ ހިޔާނާތްތަކާއި މައްސަލަތަކުން ސަލާމަތްވުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ނޭޕާލްގެ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ މީހުންނަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާއިރު، ގައުމުގެ މުސްކުޅި ސިޔާސީ ލީޑަރުންނާ މެދު ޒުވާނުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް އެ ގައުމުގެ ނޫސްވެރިން ސިފަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާއިން 56 އަދި ނޭޕާލުން 14 މީހުން މަރުވެއްޖެ
28 Sep 2026 ދުނިޔެ

ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާއިން 56 އަދި ނޭޕާލުން 14 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަވަށްޓެރި އިންޑިއާއިން 56 މީހުން އަދި ނޭޕާލުން 14 މީހުން މަރުވެއްޖެއެވެ. މީގެ އިތުރުން ނޭޕާލުން 11 މީހަކު ގެއްލިފައިވާއިރު، އިތ...

ދިރުވާލައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުރި: ފުލުހުން
28 Sep 2026 ހަބަރު

ދިރުވާލައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުރި: ފުލުހުން

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުރި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރ...

ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
26 Sep 2026 ހަބަރު

ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ނޭޕާލުގެ ދެ ރައްޔިތަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ. މި މައްސ...

ނޭޕާލަށް އެހީވުމަށް 255,000 ރުފިޔާ ހޯދައި ރެޑް ކްރެސެންޓާ ހަވާލުކޮށްފި
17 Sep 2026 ހަބަރު

ނޭޕާލަށް އެހީވުމަށް 255,000 ރުފިޔާ ހޯދައި ރެޑް ކްރެސެންޓާ ހަވާލުކޮށްފި

ނޭޕާލަށް ކުރިމަތިވި ހިތާމަވެރި ކާރިސާއާ ގުޅިގެން އެހީގެ ގޮތުގައި ޖުމްލަ 255,000 ރުފިޔާ އެއްކޮށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރުމުގ...

ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ
04 Sep 2026 ހަބަރު

ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ

ނޭޕާލްގެ ބޯޓޭ ކޯޝީ ސަރަހައްދަށް އޮގަސްޓް 26 ގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، ދިވެހިރައްޔިތުންގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައ...

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޑިއާއިން ބޮޑު އެހީގެ އޮޕަރޭޝަނެއް ފަށައިފި
30 Aug 2026 ދުނިޔެ

ނޭޕާލްގެ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އިންޑިއާއިން ބޮޑު އެހީގެ އޮޕަރޭޝަނެއް ފަށައިފި

ނޭޕާލްގެ ބޯޓޭ ކޯޝީ ސަރަހައްދަށް 26 އޮގަސްޓް 2026 ގައި އައި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އިންޑިއާއިން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށ...