ރ.އިނގުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި މިނިވަން ކެނޑިޑޭޓަކަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ވާދަކުރި ރ.އިނގުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި އެޕާޓީއަށް ގެއްލިއްޖެއެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި މިފަހަރު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ޣައްޝާނެވެ. ރައީސްކަމަށް ގައްސާނާ ވާދަކޮށްފައިވަނީ މިހާރު ކައުންސިލް ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޖަލީލެވެ. އިނގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރަކީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ.
އިނގުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް ގެއްލުނު ނަމަވެސް، އިންތިހާބުގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީއަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ. އެގޮތުން އެޕާޓީން ވަނީ ކައުންސިލްގެ ތިން ގޮނޑި ނަގާފައެވެ. އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަ ގޮނޑި ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް ނަތީޖާތައް ދައްކާގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެ ގޮނޑިއެއްވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް