އައު ބެންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު ވާހަކަ ދަައްކަވަނީ
އައު ބެންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު ވާހަކަ ދަައްކަވަނީ
ވިޔަފާރި 17 Aug 2026 | 21:21

އެމްއެމްއޭގެ އަމާޒެއް؛ ބޭންކިންގެ އިސް މަގާމުތަކުގައި ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ރާއްޖޭގައި ބޭންކިންގެ އިސް މަގާމުތަކުގައި ބިދޭސީންގެ ދައުރު ހަނިކޮށް ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެންދިއުމަށް ވަކި އަމާޒެއްގެ ދަށުން މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ) ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ބޭންކިންގެ އިސް މަގާމުތަކުގައި ބިދޭސީންގެ 40 އިންސައްތަ ހިއްސާކުރާ ކަމަށެވެ.

އެ އަދަދު 20 އިންސައްތަ ދަށްކޮށް ދިވެހީންގެ އަދަދު އިތުރުކުރުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ބޭންކިންގެ އިސް މަގާމުތަކުގައި ބިދޭސީންގެ ދައުރު ހަނިކޮށް ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައު ބެންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު  

އެ އަމާޒަށް ވާސިލުވުމަށް ވަރަށް މުހިންމު ދެ ކަމެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" ޤާއިމު ކުރުމާއި  އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއް ގާއިމުކުރުން ކަމުގައި ވިދާޅުވި އެވެ.

ބޭނުމަކީ ބެންކިންގެ ދާއިރާގެ އިސް މަގާމަށް ފަންނީ، ގާބިލް ދިވެހީން ބިނާކުރުމެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި، މޯލްޑިވްސް ޕްރިމިއާ ބޭންކްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާޙުކޮށްދެއްވާފައެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކްގެ އިފުތިތާޙުކުރުން 

އެމްޕީބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ މަޤުޞަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުން ކަމަށް އެ ބެންކުން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
23 Sep 2026 ވިޔަފާރި

އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް ފަންޑުގެ ދަށުން މި އަހަރު ދޫކުރާ ގްރާންޓަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. އެމްއެމްއޭއިްނ ބުނީ ...

ރިޒާވް ދަށްވެ ކާޑާއި ބޭހާ ތެލަށް ދައްކާނެ ފައިސާއެއް ނެތް: ނަޝީދު
16 Sep 2026 ހަބަރު

ރިޒާވް ދަށްވެ ކާޑާއި ބޭހާ ތެލަށް ދައްކާނެ ފައިސާއެއް ނެތް: ނަޝީދު

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަން ޖެހޭ ބޮންޑު ދެއްކުމުން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނެތް ހާލަތަށް ދާނެ ކަމަށް ކުރީގެ ރައީސް މ...

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި
16 Sep 2026 ހަބަރު

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ 18 ވަނަ ވަރޝަނުގައި ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަ ކޯޑް ޕޮއިންޓެއް ކަނޑައަޅައިފިއެވެ. މި ސްޓޭންޑަރޑް ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ...

އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
15 Sep 2026 ހަބަރު

އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ

ހުސްވި އޮގަސްޓްމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 643.8 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ. އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް 6...

މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
09 Sep 2026 ހަބަރު

މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކާ އެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިލްތިމާސ...