އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާ ސަފީރަކަށް ދިޔާނާ އައްޔަނުކުރަން ކޮމިޓީން ރުހުން ދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ދިޔާނާއަށް ރުހުންދޭން ނިންމީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުްނގެ އިއްތިފާގުންނެވެ. ދިޔާނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
ކޮމިޓީގައި ދިޔާނާގެ ނަންފުޅު ދިރާސާކުރުމަށްފަހު ނިންމީ އެކަމަނާ އެ މަގާމަށް ގާބިލް ކަމަށެވެ. ކޮމިޓީގެ ނިންމުމަށްފަހު ދެން ދިޔާނާގެ ނަން ފާސްކުރުމަށް ހުށަހަޅާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ.
ދިޔާނާ އަކީ ރާއްޖެ މި ފަހުން ދުށް އެންމެ މޮޅެތި ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ. ކުރީން ވަނީ ބަންޑާރަނާއިބު ކަމާއި ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް