ހައްދުންމަތީ ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިއަދު ހައްދުންމަތީ ގަމުން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.
ގަމުން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ކައުންސިލުނުން މިއަދު އިއުލާނުކުރިއިރު، ގެއްލިގެން ހޯދަމުންދިޔައީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ. ކައުންސިލުން ބުނީ ހޯދަމުންދިޔަ އަމްޖާޒު އަލީ ހެޔޮހާލުގައި ހުއްޓާ ފެނިފައިވާކަމަށެވެ.
އޭނާ ފެނިފައިވަނީ އަތިރިމަތީ ހުރި ޖޯއްޔެއްގައި އޮއްވައެވެ.
ފުލުހުންނަށް ރިޕޯޓްކޮށް އަމްޖާޒު ހޯދަން ފެށީ ދަންވަރު 2:00 ގެ ފަހުން އޭނާގެ ފޯނަށް ނުގުޅުމުންނެވެ. ގެއްލުނު ޒުވާނާ ފެނިފައިވާއިރު، އޭނާގެ ހަބަރެއް ނުވެ އެހާ ގިނައިރުވީ ކީއްވެގެންކަން ކައުންސިލުން ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް