9 މަހަށް ފަހު ރަފަހް ބޯޑަރު ހުޅުވާލައިފި
ގާތްގަނޑަކަށް 9 މަސް ދުވަަހަށްފަހު ރަފަހް ބޯޑަރު ހުޅުވާލައިފިއެވެ.
މި ބޯޑަރު ހުޅުވާލުމާއިއެކު ޣައްޒާއިން އިތުރު ބޭސް ފަރުވާއަށް ބޭނުންވާ މީހުން ވަނީ މިޞްރަށް ގެންދަން ފަށާފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ މުއައްޒަފެއް ކަމުގައިވާ ޒާހިރު އަލް ވަހީދީ ވިދާޅުވީ ރަފަހް ބޯޑަރު މެދުވެރިކޮށް 37 ކުޑަކުދިން އިތުރު ބޭސް ފަރުވާއަށް މިޞްރަށް ގެންދެވިފައިވާ ކަމަށާއި އެ ކުދިންނާއިއެކު އެހީތެރިންގެ ގޮތުގައި 60 މީހުން ގޮސްފައިވާކަމަށެވެ.
ޔަހޫދީ ފައުޖުން ރަފަހް ބޯޑަރު މިދިޔަ އަހަރުގެ މެއި މަހު ބަންދުކޮށްފައިވަނީ އެ ސަރަހައްދުގައި ހިންގި އުދުވާނުގެ ތެރޭގައެވެ.
ރަފަހް ބޯޑަރު ހުޅުވާލި ނަމަވެސް އެ ބޯޑަރު ކޮންޓްރޯލް ހަމާސް އަށް ދިނުމަށް ދެކޮޅުހަދައި، އެތަނުގެ ފޯރިމަރަމުން އަންނަނީ އަދިވެސް ޔަހޫދީ ފައުޖުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް