އަންހެނެއްގެ ބޮލުގައި ގަލުން ޖެހި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން އިއްޔެ ބުނީ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ހޮނިހިރު ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.
ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ އަލީ ސާޖިދެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް