އިނގުރައިދޫ އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު... ފޮޓޯ: ވޮއިސް
އިނގުރައިދޫ އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު... ފޮޓޯ: ވޮއިސް
ހަބަރު 15 Jun 2025 | 11:30

އިނގުރައިދޫ ހޮސްޕިޓަލް މަސައްކަތް ހުއްޓިފަ. ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް

އިނގުރައިދޫގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 18 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހޮސްޕިޓަލް އަޅަން ހަވާލުކުރީ 76.86 މިލިއަން ރުފިޔާގެ އަގަކަށްކަމަށް ހެލްތް މިނިސްޓްރީން އޭރުވަނީ ބުނެފައެވެ. ހޮސްޕިޓަލް އަޅަން ހަވާލުކުރި މުއްދަތު ހަމަވެ، މިއަދަށް 7 މަހަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.

އިނގުރައިދޫ ކައުންސިލުން ބުނެފައިވަނީ އިނގުރައިދޫ ހޮސްޕިޓަލްގެ އަދި ނިންމުނީ 7 އިންސައްތަ މަސައްކަތްކަމަށާއި، މަސައްކަތް ހުއްޓާލާފައި އޮންނަތާވެސް 4 މަހަށްވުރެ ގިނަދުވަސް ވެއްޖެކަމަށެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގުރައިދޫ ހޮސްޕިޓަލްގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި އެރަށުގެ ބައެއް ރައްޔިތުން މިއަދުވަނީ އިހުތިޖާޖު ކުރުމަށް ނިކުތުމަށްވެސް ނިންމާފައެވެ. މިކަން ކައުންސިލްގެ މެމްބަރަކު ވަނީ ވޮއިސްއަށް ޔަގީންކޮށްދީފައެވެ.

"ރައްޔިތުން މިއަދު އިހުތިޖާޖަށް ނިކުންނަ ގޮތަށް އޮތީ. ވިއްސާރަ ނުވެހެންޏާމު އެކަން ކުރިއަށްގެންދާނެ" އޭނާ ވިދާޅުވިއެވެ.

އިނގުރައިދޫ ހޮސްޕިޓަލް ނިންމަންދިން މުއްދަތު ފަހަނައަޅައި ދިޔައިރު، އަދި މިހާތަނަށް ކުރެވިފައިހުރި މަސައްކަތަކީ ފުރަތަމަ ބުރީގެ ކޮލަމްތައް އެޅުމުގެ މަސައްކަތެވެ. އެއަށްފަހު މަސައްކަތް ހުއްޓިފައި އޮންނަތާ 4 މަސްވެގެންދިޔައިރު، މިހާރު ހުރީ ބެރިތައް އެޅުމަށް ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރުވެސް ޖަހާފައެވެ.

ދަގަނޑުތަކުގައި ދަބަރުޖަހާފައި

ވޮއިސްގެ ނޫސްވެރިން އެތަނަށްގޮސް ބެލިއިރު، މަސައްކަތުގައި ބޭނުންކުރަން ގެންގުޅޭ ބައެއް އެއްޗެހިވެސް ހުރީ ދޫކޮށްލާފައެވެ. އެގޮތުން ހިލަވެލި ގިނަ އަދަދެއްގެ ހިލަވެލި ބަސްތާތައްވެސް ހުރީ ފަލައިގެންގޮސް ހިލަތައް ބިންމައްޗަށް އެޅިފައެވެ.

ހިލަގޯނިތައް ބިންމައްޗަށް ދޫކޮށްލާފައި.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސުން ވަނީ އިނގުރައިދޫ ހޮސްޕިޓަލް މަސައްކަތަށް  ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. މި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން އެ މަސައްކަތުގެ އެއްބަސްވުން އުވާލުމަށް ސަރުކާރުން މަސައްކަތްކުރިނަމަވެސް ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވަނީ އެއްބަސްވުން އުވާނުލުމަށެވެ.

އިނގުރައިދޫ ހޮސްޕިޓަލް އެޅުުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން... ފޮޓޯ ހެލެތް މިނިސްޓްރީ

އިނގުރައިދޫ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްލަމެވެ. އެކުންފުނީގެ ހިއްސާދާރުންނަށް ބަލާއިރު، ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީގައިވާ މައުލޫމާތަށް ބަލާއިރު 2014 ވަނަ އަހަރުން ފެށިގެން ޝަމްހީދަކީ ޑްޕްލެކްސް ކުންފުނީގެ ހިއްސާދާރެކެވެ.

އިނގުރައިދޫ ސިއްހީމަރުކަޒު މިހާރު ހިންގަމުންދަނީ އަމިއްލަ މީހެއްގެ ގެއެއްގައެވެ. އެތަނުގައި 5 ކޮޓަރި ހުންނަނަމަވެސް ޖާގައިގެ ދަތިކަން ނިހާޔަތަށް ބޮޑުކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ. ރ.އިނގުރައިދޫގައި 2،161 މީހުން ދިރިއުޅެމުން އަންނައިރު، އެރަށުގައި މިހާރު ހުންނަ ސިއްހީ މަރުކަޒަށް ކައިރީހުންނަ ރިސޯޓްތަކުންނާއި އެހެން ރަށްރަށުންވެސް ފަރުވާހޯދަން މީހުން ދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.