ކުށެއް ނުކުރާ މީހުން ހައްޔަރުކޮށްފައި ނޯންނާނެ: ރައީސް ޔާމީން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ނިމިދިޔަ ސަރުކާރުގައި ކުށެއް ނުކުރާ މީހަކު ހައްޔަރުކޮށްފައި ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް، ޓިކެޓް ހަވާލުކުރުމަށް އެޕާޓީގެ އޮފީސް ހ.ހުރަފައިގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެެރިންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުރެއްވި ކަމަކާ ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނޯންނާނެކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި ކުށެއް ނުކުރާ އެކަކުވެސް ހައްޔަރުކޮށްފައި ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުވެސް ދިޔަ ދެއްތޯ. އަޅުގަނޑުމެން ސަރުކާރުގައި ވެސް ކުށެއް ނުކުރާ މީހުނެއް ހައްޔަރު ކޮށްފައި ނޯންނާނެ"، ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު މީގެ ކުރިންވެސް ހައްޔަރުކުރި ފަހަރުތަކުގައި ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބެއް ދެއްކިފައިނުވާކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް