މާރިޔާ ދީދީ: ފޮޓޯ/ އެމްޑީޕީ
މާރިޔާ ދީދީ: ފޮޓޯ/ އެމްޑީޕީ
ހަބަރު 08 Dec 2025 | 08:42

ރީނދޫ ލަސްކަރަށް އިހުތިރާމް ކުޑަވާގޮތަށް ވާހަކަ ދެއްކިކަމަށްބުނެ ’އެމްޑީޕީގެ މަންމަ‘ މާރިޔާގެ ނުރުހުން

ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އެޕާޓީގެ ރީނދޫ ލަސްކަރަށް އިހުތިރާމް ކުޑަވާގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ނުރުހުން މާލޭ މޭޔަރު އާދަމް އާޒިމަށް އަމާޒުވެއްޖެއެވެ.

މާރިޔާގެ ނުރުހުން އާޒިމަށް އަމާޒުވީ، އަންނަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެންޕެއިން ޖަލްސާގައި އާދަމް އާޒިމް ދެއްކެވި ވާހަކައާގުޅިގެންނެވެ.

”މި އާދަމް އާޒިމަކީ ވެރިކަން ގެއްލި ޕާޓީ، މާޔޫސްކަމުގެ ރަޖާލައިގެން އޮތްވަގުތު އެއްކަލަ ރަޖާގަނޑުދަށުން ނުކުމެ، ހިތްވަރުކޮށްގެން މާލޭ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް، ޕާޓީއަށް ރޫޙު ގެނުވައިދިން އާދަމް އާޒިމް“

އާދަމް ޢާޒިމް


އެކަމާއި ގުޅިގެން މާރިޔާ، އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އޭނާއަކީ މޭޔަރު ޕްރައިމަރީގައި އެއްވެސް ފަރާތަކަށް ނުޖެހިހުރި މީހެއް ކަމަށެވެ.

"ނަމަވެސް، އެމްޑީޕީއާމެދު އެމްޑީޕީއަކީ، 2023 ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމާ ގުޅިގެން، ހުންއައިސް ރަޖާލައިގެން، ތިބި ފިނޑިބައެއް ކަމާ، އެ ހާލަތުގައި އެމްޑީޕީ ކޮޅަށްޖެއްސެވީ މޭޔަރު އާދަމް އާޒިމް ކަމަށް ވިދާޅުވެ، މި މޭރުމުން ވާހަކަ ދެއްކުވުމުން، މޭޔަރު އާދަމް އާޒިމްއަށް ދަންނަވާލަން ބޭނުންފުޅުވާ"ކަންކަން ހުރި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އާޒިމްގެ އެވާހަކައިން ސިފަވަނީ، 2023 ވަނަ އަހަރުގެ އިންތިހާބުން އެމްޑީޕީ ބަލިވުމާ ގުޅިގެން، އެ ޕާޓީ ހުއްޓި، ފިލީ ކަމަށް ކަމަށެވެ. އަދި މި ހާލަތުގައި އެމްޑީޕީ އަލުން އާލާކުރީ އާޒިމް ކަމަށް ވިދާޅުވެ، އެމްޑީޕީ ހަރުގޭގައި އާޒިމް ދެއްކެވި ވާހަކަތަކާމެދު އޭނާގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި ވަކި ފަރާތަކަށް ނުޖެހި ހުރި މީހެއް ނަމަވެސް، މިފަދަ ވާހަކަތައް ދެއްކެވުމުން، އެކަމަށް އޭނާގެ ނުރުހުން ހުރިކަން ހާމަކުރެއްވިއެވެ

މާރިޔާ ފާހަގަކުރައްވާ ގޮތުގައި، 2012 ފެބްރުއަރީ 7 ގައި އެމްޑީޕީ ސަރުކާރު އިސްތިޢުފާ ދިނުމުން، ”ބަޑިއެއް، ބިޑިއެއް، ވޯޓަރ ގަންއެއް، މުގުރެއް، ޕެޕަރ ސްޕްރޭއެއް، ނުވަތަ އެއްވެސް ހުކުމަކަށް“ ފަހަތަށް ނުޖެހި މަގުމައްޗަށް ނިކުތީ އެމްޑީޕީގެ ރީނދޫ ލަސްކަރެވެ.

ހަމަ އެހެންމެ، 2013 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަމުގައި ގިނަ ސިޔާސީ ފަރާތްތަކެއް ޖަލަށްލުމުން، ޖަލުގެ ގޮޅިއަކަށް، ޕެޕަރ ސްޕްރޭއަކަށް، މުގުރަކަށް، ނުވަތަ ޖަހާނެ ހުކުމަކަށް ފަހަތަށް ނުޖެހި އިހުތިޖާޖަށް ނިކުތީވެސް އެމްޑީޕީގެ ރީނދޫ ލަސްކަރު ކަމަށް މާރިޔާގެ ވިދާޅުވެފައި ވެއެވެ.

”އެމްޑީޕީގެ މެންބަރެއްގެ ގޮތުން ހުންނަވައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަމުން އެމްޑީޕީގެ ހިތްވަރުގަދަ ރީނދޫ ލަސްކަރަށް މިހާ ކުޑައިމީސްކޮށް ދެކެވަޑައިގެން،  އެމްޑީޕީގެ ހުރިހާ ހިތްވަރަކީ މަނިކުފާނު ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ، އެމްޑީޕީގެ މަންމަ ކަމަށް ގިނަ މެންބަރުން ބުނާ މީހެއްގެ ހައިސިއްޔަތުން، އަދި މިނޫންވެސް އެތައް ހައިސިއްޔަތުން އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫން“

މާރިޔާ ވިދާޅުވިއެވެ.

މިއާއެކު މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ރީނދޫ ލަސްކަރަށް ނިސްބަތްކޮށް، އެމްޑީޕީ ރާޖާލާ ހުއްޓިފައި ފިލާ ތިއްބާ ނެރުނީ އާޒިމް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް މޭޔަރު އާޒިމް، އެމްޑީޕީގެ ރީނދޫ ލަސްކަރުގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވިގޮތުގައި، އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ ބޮޑުވާނެއެވެ. އަދި އެކަން އެމްޑީޕީގެ ރީނދޫ ލަސްކަރު ކޮންމެ ދުވަހަކުވެސް ސާބިތުކޮށްދެމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.