ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފި އެވެ.
ޝަހީދު, އެ މަގާމަށް އައްޔަނުކުރެއްވީ ކުރީން އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޔަޒްމީދު, ޖޭއެސްސީގައި އިންނެވީ ރައީސް އައްޔަނު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް މެއި މަހުގެ 18 ވަނަ ދުވަހު އޭނާ ވަނީ ޖޭއެސްސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އޭރު ހުންނެވީ ކޮމިޝަންގެ ނާއިބު ރައީސަކަށެވެ.
އެހެން ކަމުން އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ހުސްވި އެވެ.
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
ޝަހީދަކީ، ހައި ކޯޓުގެ އިސްފަނޑިޔާރު ކަމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް