އަދާލަތް ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް، ދާއިރާތައް އިއުލާންކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އަދާލަތް ޕާޓީން 2019 ވަނަ ަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމަށް ނިންމައި އަދާލަތުން ވާދަކުރުމަށް ޝައުގުވެރިވާ 13 ދާއިރާ ޕާޓީތަކާ ހިއްސާކުރައްވައިފިއެވެ.
އެކަން ހާމަކޮށް މިއަދު އެޕާޓީން ކުރި ޓުވީޓުގައި ބުނެފައިވާ ގޮތުން 12 ޖުލައި 2018 ވަނަ ދުވަހު ބޭއްވުނު 18-19 ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ އަލީގައި އެއްބަސްވެވިފައިވާ ގޮތުގެ މަތިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތް ޕާޓީ އާއި އަދި ރައީސް މައުމޫން ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ފަރާތުން 13 ދާއިރާއަކަށް ވާދަކުރުމަށް ގަސްތުކުރާކަމަށެވެ.
އެގޮތުން ކެލާ، ވައިކަރަދޫ، ކުޅުދުފުށި އުތުރު، މަކުނުދޫ، އިނގުރައިދޫ، ކާސިދޫ، މަހިބަދޫ، މުލަކު، ނިލަންދޫ، ގަމު، މުވައްމުލަކު ދެކުނު، ފޭދޫ އަދި މާފަންނު ދެކުނު ދާއިރާ އަށް ވާދަކުރުމަށް އެޕާޓީން ނިންމާފައިވެއެވެ.
MDP, JP adhi Raees Maumoon aaeku Adhaalath Party ge faraathun ehbasve soi koffaivaa ehbasvumaa ehgothah Adhaalath Party in 2019 vana aharuge aammu inthikhaab gai coalition ge faraathun vaadhakurumah shauguverivaa 13 dhaairaa party thakaa hissaakoffi. pic.twitter.com/BaxtCVHb2l
— Adhaalath Party (@AdhaalathOffice) December 2, 2018
އަދާލަތް ޕާޓީން ކުރިމަތިލާ ދާއިރާތައް އިއުލާން ކޮށްފައިވަނީ މި ކޯލިޝަން އެއްބަސްވުމާ ހިޔާފަށް އެމްޑީޕީން މަޖިލިސް އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ރައީސް ނަޝީދު އިސްވެހުންނަވައި ޤައުމީ މަޖިލީހުން ނިންމާފައިވާ ދަނޑިވަޅެއްގައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް