ވިއްސާރައާއި ގުޅިގެން ބައެއް ޗެނަލްތަކުގެ ހިދުމަތް މެދުކެނޑެނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެއަށް މިވަގުތު ކުރަމުންދާ ބޯ ވިއްސާރައާއި ގުޅިގެން ބައެއް ޓީވީ ޗެނަލްތަކާއި ރޭޑިޔޯ ޗެނަލްތަކުގެ ޚިދުމަތްތަކަށް ބުރޫއަރައިފިއެވެ.
އެގޮތުން ޓީވީއެމްެއިން ވަނީ އެ ސްޓޭޝަން ހިންގަމުންދާ އިމާރާތަށް ވިއްސާރައިގައި ގެެއްލުންވަމުންދާތީ ޓްރާންސްމިޝަން މެދުކަނޑާލަން ޖެހިދާނެކަމަށް، އެ ސްޓޭޝަންގެ ލައިވް ކަވަރޭޖްގައި މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ވީމިޑިޔާގެ ވީޓީވީ އަދި ވީއެފްއެމް ހިންގަމުންދާ އިމާރާތަށްވެސް ގެއްލުންވެފައިވާތީ، އެ ދެ ޗެނަލްގެ ހިދުމަތްވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މިއަދު ހެނދުނު 11 ޖެހިއިރުއްސުރެ ވާރޭ ވެހެމުންދާއިރު، އައިޖީއެމްއެޗް އަދި އަމީނީ މަގު ފަދަ ސަރަހައްދުތަކުގައި ދެފޫޓެއްހާ އުސްކޮށް ވަނީ ފެންބޮޑުވެފައެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި ދުއްވާ ތަކެތި ދުއްވުމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް