އެފްޑީސީގެ ޑީއެމްޑީއަކަށް ގދ އަތޮޅުގެ ކުރީގެ ރައީސް ފައިހަތު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑީއެމްޑީއަކަށް ހަސަން ފައިހަތު ގުދުރަތުالله އައްޔަނުކޮށްފި އެވެ.
އެކަން އެކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި ފައިހަތަށް ވަނީ މަރުހަބާ ކިޔާ ޕޯސްޓެއް ކޮށްފަ އެވެ.
ފައިހަތަކީ ތިނަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ގދ އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމު ފުރުއްވާފަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ރާއްޖެއަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ކުރީ ސަރުކާރުގައި 4,000 ފްލެޓް ހުޅުމާލޭގައި އަޅާފަ އެވެ. އިންޑިއާގެ އެހީގައި އެ ގައުމުގެ ކުންފުންޏަކުން ހިންގި އެ މަޝްރޫއު ނިމި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ މި ސަރުކާރުގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް