ީއިސްތިއުފާ ދެއްވުމަށްފަހު އިމްރާން އަލުން މަގާމާއި ހަވާލުވެވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ މިއަދު ހެނދުނުގެ ވަގުތެއްގައި މަގާމުން އިސްތިއުފާާ ދެއްވުމަށްފަހު، އަލުން އެމަގާމާއި ހަވާލުވެ ވަޑައިގަންނަވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ހޫދު ވިދާޅުވީ، އިމްރާން މަގާމުން ވަކިވެ ވަޑައިގެންނެވީ ރަމްޒީގޮތުން ކަމަށާއި، ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އަލުން އަނބުރާ މަގާމާއި ހަވާލުވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އެއީ، އެބޭފުޅާ މަގާމަށް ހަވާލުވީއިރު، ގާނޫނީ މައްސަލަތަކެއް ހުރިކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުން ދިޔުމާއި ގުޅިގެން އެކަމަށް ފުރުސަތު ނުދިނުމަށް ކަމަށްވެސް ހޫދު ފާހަގަކުރެއްވިއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ޝައިޚް އިމްރާން މަގާމާއި ހަވާލުވެ ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ މައްސަލައެއްގައި ޖަލުހުކުމެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް