މޫސުމަށް އަންނަ ބަދަލުތަކުން، ރައްކާތެރިކަން އެދެވޭގޮތެއްގައި ލިބެމުން ނުދޭ: ރައީސް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޤައުމުތަކަށް ލިބެންޖެހޭ ރައްކާތެރިކަން, އެދެވޭގޮތެއްގައި ލިބެމުން ނުދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކަނޑުގެ ލޮނުގަޑު އުފުލި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އދގެ އާއްމު މަޖިލީހުގައި މިއަދު ކުރިއަށްދިޔަ އިސްވެރިންގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް އިސްވެދިޔަތަނުގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ މައްޗަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ފަދަ ޤައުމުތަކަށް އެދެވޭ ގޮތެއްގައި ރައްކާތެރިކަން ލިބެމުން ނުދާކަން ފާހަގަކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް އޮތް ނުރައްކާތެރިކަން ވަރަށްބޮޑުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ، އާދަކާދައާއި، ތަރައްޤީގެ ކުރިމަގަށް މިއަދު އޮތް އެންމެބޮޑު ގޮންޖެހުންކަމަށެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށް ލިބެންޖެހޭ މާލީ އެހީތެރިކަން ލިބޭނޭމަގު އަވަހަށް ތަނަވަސްކޮށްދޭން ޖެހޭ ކަމަށާއި، މިކަމާމެދު ސީރިއަސްކޮށް ވިސްނަންޖެހޭކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދޭ މާލީ އެހީތެރިކަން ދެގުނަކުރަންޖެހޭ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި
ވާހަކަދައްކަވަމުން ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް
އެހީތެރިކަމެއް ނުލިބޭނަމަ، ޕެރިސް އެއްބަސްވުމާއި 2030 އެޖެންޑާގައި
ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލެއް ނުކުރެވޭނޭކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުގައި ރައީސް ޑރ.މުއިއްޒު ވަނީ، މީގެ ކުރިން 1989 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވި ޤައުމުތަކުގެ ލީޑަރުން ބޭއްވި އޮއޭސިސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެއްޓާ ގުޅޭ ބައްދަލުވުމުގައި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށް ހުރި ނުރައްކަލުގެ ވާހަކަ ފާހަގަކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް