އިސްރާއިލުން ހުއްޓިވި އެހީގެ ބޯޓުގައި ތިބި މީހުން: ފޮޓޯ/ އަލްޖަޒީރާ
އިސްރާއިލުން ހުއްޓިވި އެހީގެ ބޯޓުގައި ތިބި މީހުން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 10 Jun 2025 | 06:37

ފަލަސްތީނަށް އެހީ ހިފައިގެންދިޔަ ބޯޓުގައި ތިބި އެންމެން ޑީޕޯޓް ކުރަން އިސްރާއިލުން ނިންމައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެން ދިޔަ ބޯޓުގައި ތިބި އެންމެން ޑީޕޯޓް ކުރަން އިސްރާއިލުން ނިންމައިފިއެވެ.

"މަދްލީން" ނަމަކަށް ކިޔާ މި ބޯޓު ހިފަހައްޓައި އޭގައި ތިބި 12 މީހުން އިސްރާއިލުގެ އަޝްދޯދް ބަނދަރަށް ގެންދިއޔައީ އިއްޔެގެ ވަގުތެއްގައެވެ. އެފަހުން، އެމީހުން ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރި މީހުންހެ ތެރޭގައި ސްވީޑިޝް އެކްޓިވިސްޓް ގްރެޓާ ތުންބަރގް އަދި އަލްޖަޒީރާގެ ނޫސްވެރިޔާ އުމަރު ފައްޔާޟް ހިމެނެއެވެ.

މި ބޯޓު ހިފެހެއްޓީ ޣައްޒާގެ އައްސޭރިފަށުން ގާތްގަނޑަކަށް 185 ކިލޯމީޓަރު (100 ނޯޓިކަލް މޭލު) ދުރުގައި، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މަދްލީން އުޅަނދުގައި ތިބި 11 އެކްޓިވިސްޓުންނާއި ނޫސްވެރިޔާ ޓެލް އަވީވްގެ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންގޮސް މިއަދު އެމީހުން ޑިޕޯޓްކުރެވޭނެ ކަމަށެވެ.

ހިންދް ރަޖަބް ފައުންޑޭޝަން ނަމަކަށް ކިޔާ ޙައްޤުތަކާބެހޭ ޖަމާޢަތަކުން ވަނީ މަދްލީން އުޅަނދު ރެއިޑްކުރުމުގައި ބައިވެރިވި ކަމަށް ބުނާ އިސްރާއީލް ސިފައިންގެ ޔުނިޓާ ދެކޮޅަށް ހަނގުރާމައިގެ ކުށުގެ ދައުވާ ކޮށް މައްސަލަ ހުށަހަޅާފައެވެ..

އެހީގެ ބޯޓު އިއްޔެ ހިފަހައްޓާފައިވާއިރު، އިއްޔެ އެކަނިވެސް އިސްރާއިލުގެ ސިފައިން ވަނީ މަދުވެގެން 60 ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ދެކުނު ރާފާގައި ހުންނަ އެމެރިކާގެ އެހީގައި ހިންގާ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" (ޖީ.އެޗް.އެފް) ގެ އެހީ ފޯރުކޮށްދޭ މަރުކަޒު ކައިރީގައި ޝަހީދުކޮށްލި 14 މީހުން ހިމެނެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި، އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާއްމުގައި މިހާތަނަށް މަދުވެގެން 56,927 ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެ، 126,615 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...